ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 13:10
އޮސްޓްރޭލިއާގެ ސިޑްނީ ނޫން އެހެން ހިސާބުތަކުން ވެސް ޑެލްޓާ ވޭރިއަންޓް ވަނީ ފެނިފައި
އޮސްޓްރޭލިއާގެ ސިޑްނީ ނޫން އެހެން ހިސާބުތަކުން ވެސް ޑެލްޓާ ވޭރިއަންޓް ވަނީ ފެނިފައި
ރޮއިޓަރސް
ސިޑްނީ ލޮކްޑައުން ކުރުން
ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ގިނަވެ ސިޑްނީ ލޮކްޑައުންކޮށްފި
 
އޮސްޓްރޭލިއާ އިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 30،450 މީހުން
 
ޑެލްޓާ ވޭރިއަންޓްގެ ކޭސްތަކުގެ އަދަދު ވަނީ 110ށް އަރާފައި

އޮސްޓްރޭލިއާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ސިޑްނީ ލޮކްޑައުންކޮށްފިއެވެ.

ސިޑްނީގައި ލޮކްޑައުން އިއުލާނުކޮށްފައި މި ވަނީ އެސިޓީގައި ކޮވިޑް19ގެ ޑެލްޓާ ވޭރިއަންޓްގެ ކޭސްތަކުގެ އަދަދު 110ށް އަރާފައި ވަނިކޮށެވެ. މިވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓަކަށް ވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކޭސްތައް އިންތިހާއަށް މަތިވުން އެކަށީގެންވެއެވެ. ސިޑްނީ އެއްކޮށް ލޮކްޑައުން ކޮށްފައި މިވަނީ އެ ސިޓީގެ ވަކިވަކި ސަރަހައްދުތަކުގައި ލޮކްޑައުން އިއުލާނުކޮށްފައި ވަނިކޮށެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމުގައި އޮސްޓްރޭލިއާ އިން މިސާލު ދައްކަމުން ދިޔަ ނަމަވެސް ފާއިތުވި ހަފްތާތަކުގެ ތެރޭގައި އެގައުމުގައި ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ކޭސްތައް އިތުރުވާން ފެށުމުން ބޯޑަރު ބަންދުކުރުމާއި ލޮކްޑައުން އިއުލާން ކުރުމާއި ސޯޝަލް ޑިސްޓެންސިންގެ ފިޔަވަޅުތައް އެގައުމުން ދަނީ އަޅަމުންނެވެ.

އެގައުމުގައި ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތައް އަޅަމުން އަންނަ އިރު، އެގައުމުން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 30،450 މީހުންނެވެ. އަދި ބަލީގައި ނިޔާވެފައި ވަނީ 910 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް