ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 08:00
ޓްރެވަލް ބަބްލް މެދުވެރިކޮށް އޮސްޓްރޭލިއާއިން ނިއު ޒިލޭންޑަށް ދަތުރުކުރާ ފަރާތެއް
ޓްރެވަލް ބަބްލް މެދުވެރިކޮށް އޮސްޓްރޭލިއާއިން ނިއު ޒިލޭންޑަށް ދަތުރުކުރާ ފަރާތެއް
އޭއެފްޕީ
ނިއު ޒިލޭންޑް - އޮސްޓްރޭލިއާ ޓްރެވަލް ބަބްލް
ނިއު ޒިލޭންޑުން އޮސްޓްރޭލިއާ އާއެކު އޮތް ޓްރެވަލް ބަބްލް ސަސްޕެންޑްކޮށްފި
 
ޓްރެވަލް ބަބްލް ސަސްޕެންޑް ކޮށްފައި ވަނީ ތިން ދުވަހަށް
 
ޓްރެވަލް ބަބްލް ސަސްޕެންޑްކޮށްފައި ވަނީ އޮސްޓްރޭލިއާގެ ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން
 
ނިއު ޒިލޭންޑްގެ ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި

ނިއު ޒިލޭންޑް އާއި އޮސްޓްރޭލިއާއާ ދެެމެދު ގާއިމުކުރެވިފައިވާ ޓްރެވަލް ބަބްލް ނިއު ޒިލޭންޑުން ސަސްޕެންޑް ކޮށްފިއެވެ.

ނިއު ޒިލޭންޑުން ވަނީ އޮސްޓްރޭލިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވާން ފެށުމުގެ ސަބަބުން އެގައުމުން އޮސްޓްރޭލިއާ އާއެކު ގާއިމުކޮށްފައިވާ ޓްރެވަލް ބަބްލް ދުވަސްކޮޅަކަށް ސަސްޕެންޑްކޮށްފައެވެ. ޓްރެވަލް ބަބްލް ސަސްޕެންޑްކޮށްފައި ވަނީ ތިން ދުވަހަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއު ޒިލޭންޑްގެ ކޮވިޑް-19 ރެސްޕޮންސް މިނިސްޓަރ ކްރިސް ހިޕްކިންސް ވިދާޅުވީ ޓްރެވަލް ބަބްލް ސަސްޕެންޑް ކުރެވިގެން ދިޔަ ތިން ދުވަހުގެ ތެރޭގައި ރައްކާތެރި ކަމާއެކު ޓްރެވަލް ބަބްލް މެދުވެރިކޮށް، ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް މަޝްވަރާތައް ކުރެވި އުސޫލުތައް އެކުލަވާލެވޭނެ ކަމަށެވެ. އެގޮތުން އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގެ ކުރިން ނެގަޓިވް ޕީސީއާރު ޓެސްޓު ހުށަހެޅުން ފަދަ އުސޫލުތައް އެކުލަވާލެވޭނެ ކަމަށް ހިޕްކިންސް ފާހަގަކުރެއްވިއެވެ.

ނިއު ޒިލޭންޑުން މިހާތަނަށް 2729 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޮސްޓްރޭލިއާ އިން ޕޮޒިޓިވްވެފައި ވަނީ 30,457 މީހުންނެވެ. ނިއު ޒިލޭންޑްގެ ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އޮސްޓްރޭލިއާގެ ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ސިޑްނީގައި ވަނީ ދެ ހަފްތާގެ ލޮކްޑައުނެއް އިއުލާންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް