ކ. މާލެ
|
25 ޖޫން 2021 | ހުކުރު 21:49
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު
ޓްވިޓަރ
ދިވެހިރާއްޖެ-އެމެރިކާގެ ގުޅުން
އެމެރިކާއަކީ ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް- މިނިސްޓަރ ޝާހިދު
 
ރާއްޖެއަށް އެހީތެރިވުމަށް ޔޫއެސްއޭއައިޑީ މެދުވެރިކޮށް އެމެރިކާއިން ވެންޓިލޭޓަރއާއި ޕީޕީއީ ހަދިޔާކޮށްފައިވޭ
 
ބައްދަލުވުމުގައި ދެބޭފުޅުން ވަނީ އެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި

އަދި އެމެރިކާއަކީ ދިވެހިރާއްޖެއަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭ، އިތުބާރު ހުރި ރަހުމަތްތެރިއެއްކަން ސާބިތުކޮށްދީފައިވާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ)ގެ 19 ވަނަ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާއެކު ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ވަރޗުއަލް ބައްދަލުވުމެއްގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ކޮވިޑް-19އާ ބެހޭގޮތުންނާއި، ތިމާވެށި ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމާއި، އަދި މާލީ ހިންގުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ މެދުކެނޑުމެއް ނެތި އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، އެމެރިކާއިން ކޮވިޑް-19 ވެކްސިން އެންމެ ފުރަތަމަ ފޯރުކޮށްދޭނެ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުއްވި ކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑް-19އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ޔޫއެސްއޭއައިޑީ މެދުވެރިކޮށް އެމެރިކާއިން ވެންޓިލޭޓަރއާއި ޕީޕީއީ ވެސް ހަދިޔާކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް