Advertisement
ކ. މާލެ
|
24 ޖޫން 2021 | ބުރާސްފަތި 23:49
ޝައިޚް މުޖްތަބާ ޙަމީދު
ޝައިޚް މުޖްތަބާ ޙަމީދު
ޖަމީއަތުއް ސަލަފު
ޝައިޚް މުޖްތަބާ ފުލުހަށް ހާޒިރުކުރުން
ޝައިޚް މުޖްތަބާ ޙަމީދު ފުލުސް އޮފީހަށް ހާޒިރުކުރީ ބިރު ދެއްކުމަށް: ސަލަފް
އިލްމުވެރިން ދައްކާ ވާހަކަތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެނަމަ އެންމެ ފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ
ޝައިޚް މުޖްތަބާ ދީފައި ވަނީ އިލްމީގޮތުން ރަނގަޅު ނަސޭހަތެއް

ޖަމްޢިއްޔަތުއް ސަލަފްގެ އިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ބިރުދެއްކުމުގެ ގޮތުން ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

Advertisement

ނަފުރަތުގެ ބިލާއި ބެހޭ ގޮތުން ޝެއިޚް މުޖުތަބާ ވިދާޅުވެފައިވަނީ އެފަދަ ބިލަކަށް ވޯޓުދީ ތާއީދު ކުރުމަކީ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. މި ޓްވީޓާ ގުޅިގެން ޝެއިޚް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގައެވެ.

އައްޝައިޚް މުޖްތަބާ ޙަމީދު ފުލުސް އޮފީހަށް ހާޒިރުކުރުމާ ގުޅިގެން ޖަމްޢިއްޔަތުއް ސަލަފުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، ޝައިޚް މުޖްތަބާ ދީފައިވަނީ ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދީފައިވާ އާއްމު ނަސޭހަތެއް ކަމަށާއި، ދީނީ އިލްމުވެރިން ދައްކާ ވާހަކަތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެމީހަކު އެންމެ ފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށެވެ. އަދި އެމިނިސްޓްރީގެ އެއްވެސް އިޝާރާތެއް ނެތި، ފުލުސްއޮފީހަށް ހާޒިރުކޮށް، މިކަމާ ސުވާލުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ އަމަލެއްކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ވަނީ ނަފްރަތުގެ ބިލް ބަލައިނުގަތުމަށް އެ ޖަމިއްޔާއިން މިކުރަމުންދާ ކެމްޕޭންގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް، އެ ޖަމިއްޔާގެ ފަރާތްތަކުން ﷲ ނޫންފަރާތެއްގެ ބިރެއް ނުގަންނާނެކަމާއި، އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވެދާނެ ކޮންމެކަމަކާ ކުރިމަތިލުމުގައި އެކަލާނގެ ވާގިފުޅާއެކު ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

ޝައިޚް މުޖްތަބާ ދީފައި ވަނީ އިލްމީގޮތުން ރަނގަޅު ނަސޭހަތެއްކަން ފާހަގަކޮށް، ސަލަފުން ބުނެފައިވަނީ، އާއްމުކޮށް އިލްމުވެރިޔަކު ދޭ ހެޔޮ ނަސޭހަތަކީ ރާއްޖޭގައި ކުށްވެރިވެދާފަދަ ބަސްފުޅަކަށް ވާނަމަ، މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، އިސްލާމީ ދައުވަތަށް ގޮންޖެހުން ކުރިމަތިވެ އިސްލާމްދީން ވެސް ރާއްޖެއިން ފުހެވިގެން ހިނގައިދާނެ ކަަމަށެވެ.

މިއަމަލަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް ނިގުޅައިގަތުންކަމުގެ އަމަލެއް ކަމަށް ސަލަފުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް