ކ. މާލެ
|
23 ޖޫން 2021 | ބުދަ 15:12
ޕޮލެންޑް މެޗުގެ ކުރިން ސްވިޑެންއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ޕޮލެންޑް މެޗުގެ ކުރިން ސްވިޑެންއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ސްވިޑެން އާއި ޕޮލެންޑުގެ ކުރިމަތިލުން
 
ސްވިޑެން ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި
 
ސްވިޑެން ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ޕޮލެންޑަށް ލިބޭނެ

ޔޫރޯ 2020 ގެ ގްރޫޕް އީ ގައި ސްވިޑެން އާއި ޕޮލެންޑް ބައްދަލުކުރާ މެޗަށް ދެ ޓީމު ތައްޔާރުވެފައި ވާއިރު، ސްވިޑެން ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މި މެޗުން ސްވިޑެން ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ޕޮލެންޑަށް އެބައޮތެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސްވިޑެން އާއި ސްޕެއިން ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެވަނަ މެޗުން ސްވިޑެން ވަނީ ސްލޮވާކިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސްލޮވާކިއާ އަތުން 2-1 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ވަނީ ސްޕެއިންއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

މި ނަތީޖާތަކާއެކު ސްވިޑެން އޮތީ ހަތަރު ޕޮއިންޓް ހަމަކޮށް ގްރޫޕުގެ އެއްވަނައިގައެވެ. އެކަމަކު ޕޮލެންޑުން އޮތީ ކުޅުނު އެއް މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކު ގްރޫޕުގެ ފުލުގައެވެ.

ސްވިޑެންގެ ކޯޗު ޔާނީ އެންޑަސަންގެ ބަސް:

ޕޮލެންޑް މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްވިޑެންގެ ކޯޗު ޔާނީ އެންޑަސަން ބުނީ މި މެޗަށް ސްވިޑެން ނުކުންނާނީ މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރުމުގެ އަމާޒުގައި ކަމަށެވެ. އެކަމަކު މި މެޗަށް ނުކުންނައިރު މީގެ ކުރިން ޕޮލެންޑުން ކުޅުނު ދެ މެޗު ވަރަށް ރަނގަޅަށް ބަލާފައިވާ ކަމަށާއި، އެ ޓީމަކީ ބަލި ކުރަން އުނދަގޫވާނެ ކަޓީމެއް ކަމަށްވެސް އެންޑަސަން ބުންޏެވެ. އަދި ޕޮލެންޑުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ އަކީ ހުއްޓުވަން އުނދަގޫ ކުޅުންތެރިއެއް ކަމަށާއި، އޭނާ އަކީ މެޗުގެ ކޮންމެ ހިސާބަކުންވެސް އޮއިވަރު ބަދަލުކޮށްލެވޭނެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޕޮލެންޑުގެ ކޯޗު ޕައުލޯ ސީޒާގެ ބަސް:

ޕޮލެންޑްގެ ކޯޗު ޕައުލޯ ސީޒާ ބުނީ ސްވިޑެންއަކީ ޔޫރަޕުގެ އެންމެ މޮޅެތި ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށާއި، މި މުބާރާތުގައިވެސް އެކަން ފެނިގެންދާ ކަމަށެވެ. އެކަމަކު މި މެޗުން މޮޅުވުން ނޫން ގޮތެއް ޕޮލެންޑަށް ނެތް ކަމަށާއި، އެހެންކަމުން މި މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދައި، ދެވަނަ ބުރަށް ދަތުރުކުރުމަށް ކަމަށް ވަނީ ބުނެފައެވެ.

ޔޫރޯގެ ގްރޫޕް އީ ގައި ސްވިޑެން އާއި ޕޮލެންޑް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް