ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 09:37
މަސްތުވާތަކެތީގެ އޮޕަރޭޝަނެއް
މަސްތުވާތަކެތީގެ އޮޕަރޭޝަނެއް
ޕޮލިސް
މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް އަނިޔާކުރުން
މަސްތުވާތަކެތީގެ މައްސަލަތައް އާންމުވުމާއެކު ރައްޔިތުން އެފަރާތްތަކަށް އަނިޔާދޭކަން ފާހަގަކުރެވޭ – އެޗްއާރްސީއެމް
 
މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ޚަބަރު މީސްމީޑިއާގައި އާންމުވުމާއެކު އެ މީހުންނަށް އަނިޔާކުރިތަން ފެނިގެން ދިޔަ
 
މުޖުތަމައުގެ ތެރެއިން މި ފަދަ ކަންކަން ފެނިގެން ދިޔުމަކީ އިންސާނިއްޔަތުކަމާ ޚިލާފުކަމެއް
 
މިމައްސަލަ ހައްލު ކުރުމަށްޓަކައި މުއައްސަސާތަކުން އިތުރަށް މަސައްކަތް ކުރަންޖެހޭ

މަސްތުވާތަކެތީގެ މައްސަލަތައް މީސްމީޑިއާގައި އާންމުވުމާއެކު، އެފަދަ ކަންތައްތައް ހައްލުކުރުމުގެ ބަދަލުގައި އާންމު ރައްޔިތުން، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އަނިޔާދޭކަން ފާހަގަކުރެވިފައި ވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ ކޮމިޝަނަރު ޝިފާތު އަބްދުއްރައްޒާގް ވިދާޅުވީ މުޖުތަމައުގައި މަސްތުވާތަކެތީގެ މައްސަލަތައް ގިނަވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް މަސްތުވާތަކެތިން އަރައިގަތުމަށް ނޭޝަނަލް ޑްރަގް އޭޖެންސީއާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން ވާނެ ކަމަށް ޝިފާތު ވިދާޅުވިއެވެ.

ޝިފާތު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުވުމާއެކު ދެން ފެނިގެން ދަނީ އެފަދަ ފަރާތްތަކަށް އާންމުން އަނިޔާދޭތަން ކަމަށެވެ. އެގޮތުން މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ޚަބަރު މީސްމީޑިއާގައި އާންމުވުމާއެކު، އެ މީހުންނަށް އަނިޔާކުރިތަން ފެނިގެން ދިޔަކަން ފާހަގަކުރެއްވިއެވެ.

ފާހަގަކުރެވުނު މިފަދަ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ފެތުރިގެން ދިއުމާ ގުޅިގެން ދެން އަޅުގަނޑުމެންނަށް މިފާހަގަކުރެވެނީ ވަރަށް ގިނަ ކޭސްތަކުގައި އާއްމު ރައްޔިތުން މިކަމަށް ހައްލު ހޯދުމުގެ ބަދަލުގައި އެފަރާތްތަކަށް އަނިޔާދޭތަން. މިހާރު މިސާލަކަށް ސްޕެސިފިކް ސޯޝަލް މީޑިއާގައި އާއްމުވި ޚަބަރާ ގުޅިގެން ވެސް މިސްކިތްތަކުގައި އެފަދަ ފަރާތްތައް ނިދާ އަދި މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އާއްމުވި ޚަބަރުގެ ސަބަބުން ވަރަށް ގިނަ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ވަރަށް އަނިޔާ ލިބިގެންދިޔަކަން ވެސް އޭގެ ދެދުވަހެއް ވަރު ފަހުން އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާގައި ފެނިގެންދިޔަ
އެޗްއާރްސީއެމްގެ ކޮމިޝަނަރު ޝިފާތު އަބްދުއްރައްޒާގް

ޝިފާތު  ވިދާޅުވީ މުޖުތަމައުގެ ތެރެއިން މި ފަދަ ކަންކަން ފެނިގެން ދިޔުމަކީ އިންސާނިއްޔަތުކަމާ ޚިލާފުކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމަށްހައްލެއް ހޯދުމުގައި މުޅި ސިސްޓަމްގެ ތެރެއިން ވެސް ބޮޑެތި ހައްލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިމައްސަލަ ހައްލު ކުރުމަށްޓަކައި މުއައްސަސާތަކުން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޝިފާތު ވިދާޅުވިއެވެ. އަދި ޑްރަގްއޭޖެންސީ ފަދަ މުއްސަސާއެއްގެ މައްސަލަ ސީދާ ހުށަހެޅިފައިނެތްކަމުގައި ވިޔަސް އެޗްއާރްސީއެމްގެ މަސައްކަތުގެ ތެރެއިން އެކަންކަން ބަލަމުންދާކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް