ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 02:24
ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި
ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި
ގެޓީ އިމޭޖަސް
ޑިޕާއި ބާސާއަށް ބަދަލުވުން
ޑިޕާއި ބާސާއަށް ސޮއިކޮށްފި
 
ޑިޕާއި ބާސާއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން
 
ޑިޕާއި ވަނީ 2023 ގެ ނިޔަލަށް އެއްބަސްވުން ހަދާފައި

ލިޔޯނަށް ކުޅެމުން އައި ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ޑިޕާއި ބާސާއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި އޭނާ ވަނީ ބާސާއާއެކު 2023 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ.

ޑިޕާއި އަކީ ބާސާގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދު ދީފައިވާ ކުޅުންތެރިއެކެވެ. ކޫމަނުގެ އެދުމުގެ މަތިން ބާސާއިން މި ނިމުނު ޓްރާންސްފާގައިވެސް ޑިޕާއި ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުނު ޑިޕާއި ލިޔޯން ދޫކޮށްލިއިރު، އޭނާ އެންމެ ފުރަތަމަ އެ ޓީމާ ގުޅުނީ 2017 ވަނަ އަހަރު، ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލިޔޯންގައި ޑިޕާއި މޮޅު ކުޅުމެއް ދެއްކިއިރު އޭނާ ވަނީ ލިޔޯނަށް ކުޅެދިން 178 މެޗުގައި 76 ލަނޑު ކާމިޔާބުކޮށްފައެވެ.

ބާސާއިން ޑިޕާއިގެ ސޮއި ހޯދިއިރު، އެ ޓީމުން ވަނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އައި އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯގެ ސޮއިވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް