ކ. މާލެ
|
19 ޖޫން 2021 | ހޮނިހިރު 21:29
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންޓެގްރޭޓެޑް ހެޑްކޯޓަރޒްއަށް ޒިޔާރަތް ކުރުން
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންޓެގްރޭޓެޑް ހެޑްކޯޓަރޒްއަށް ޒިޔާރަތް ކުރުން
ރައްޔިތުންގެ މަޖިލިސް
241 ކޮމިޓީން ކުރިއަށްގެންދާ ތަހުގީގު
އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް، ކޮމެޓީން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންޓެގްރޭޓެޑް ހެޑްކޯޓަރޒް އަށް
 
ޖޫން މަހުގެ 5ވަނަ ދުވަހުން ފެށިގެން އަންނަނީ އެކި ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަމުން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގާ އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް 241 ކޮމިޓީގެ ފަރާތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންޓެގްރޭޓެޑް ހެޑްކޯޓަރޒްއަށް ޒިޔާރަތްކޮށްފިއެވެ.

241 ކޮމިޓީގެ ފަރާތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންޓެގްރޭޓެޑް ހެޑްކޯޓަރޒްއަށް ހޮނިހިރު ދުވަހު ޒިޔާރަތްކޮށްފައިވާއިރު މި ޒިޔާރަތުގައި 241 ކޮމެޓީގެ މުޤައްރިރު މުޙައްމަދު އަސްލަމާއި، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ.

241 ކޮމިޓީން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންޓެގްރޭޓެޑް ހެޑްކޯޓަރޒްއަށް ޒިޔާރަތްކޮށްފައި ވާއިރު، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވެސް ވަނީ އިންކުއަރީއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވެފައިވާ ގޮތުގެ އިންކުއަރީ 241 ކޮމިޓީން ފަށާފައިވަނީ، މެއި މަހުގެ 24ވަނަ ދުވަހުއެވެ. އަދި ޖޫން މަހުގެ 5ވަނަ ދުވަހުން ފެށިގެން އަންނަނީ އެކި ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަމުންނެވެ. އޭގެތެރޭގައި ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ އިތުރުން އެކިއެކި އޮފިސަރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، ޑެޕިއުޓީ ގަވަރުނަރު އަޙުމަދު ޢިމާދާއި، ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާހީމް އަޙުމަދު ނާސިރު ވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

އިންކުއަރީއަށް ރައީސް ނަޝީދުގެ 'ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް'ގެ މެމްބަރުން ވެސް ވަނީ ހާޒިރުކޮށްފައެވެ. އެމްއެންޑީއެފުން އެމަނިކުފާނުގެ ސެކިޔުރިޓީއަށް ކަނޑައަޅާފައިވާ "ކްލޯސް ޕްރޮޓެކްޝަން ޓީމް" ގެ ބައެއް ބޭފުޅުންނާއި ހަށިފާރަވެރިންވެސް ވަނީ އިންކުއަރީ އަށް ހާޒިރުކޮށްފައެވެ.

އެމްއެންޑީއެފްގެ ވަކިވަކި އޮފިސަރުން އިންކުއަރީއަށް ހާޒިރުކުރުމަށް މަޖިލީހުން ހުށަހެޅުމުން އެމްއެންޑީއެފުން ވަނީ އެންމެ ފުރަތަމަ އެކަމަށް ދެކޮޅު ހަދާފައެވެ. އެގޮތުން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށާއި ޖަވާބުދާރީ ވާނީ މުއައްްސަސާއިން ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ފަހުން ސިފައިންގެ ތެރެއިން ވަކިވަކި އޮފިސަރުން ވަނީ އިންކުއަރީއަށް ހާޒިރުވާން ފަށާފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން 241 ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީއަށް ހުރިހާ މުއައްސަސާއެއްގެ ފަރާތުންވެސް އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި އިންކުއަރީއަށް ހާޒިރުވާން އަންގަމުން އަންނަ ހުރިހާ ފަރާތްތަކުންވެސް ހާޒިރުވަމުން އަންނަކަމަށެވެ.

ސިފައިންގެ ވެރިންނާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ވެރިންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގެ ކޮމާންޑަރުން ވެސް ވަނީ އިންކުއަރީއަށް ހާޒިރުވެފައެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ އިސް އޮފިސަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒާއި، ފުލުހުންގެ އިންޓެލިޖެންސްގެ އޮފިސަރުން ވެސް ވަނީ އިންކުއަރީއަށް ހާޒިރުވެފައެވެ.

މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދާއި، ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމްވެސް ވަނީ އިންކުއަރީއަށް ހާޒިރުކޮށްފައެވެ. ކޮމިޓީގެ މުޤައްރިރު އަސްލަމް ވިދާޅުވެފައިވަނީ ކުރިޔަށް އޮތްތަނުގައި އެހެން ވަޒީރުންވެސް ހާޒިރުކުރަމުން ގެންދާނެކަމަށެވެ.

ކޮމިޓީން މަސައްކަތްކުރަމުން އަންނަނީ މިމަސް ނިމެންވާއިރަށް އިންކުއަރީ ނިންމާލައި، އިންކުއަރީ ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ދިފާއީ ވަޒީރު 241 ކޮމިޓީއަށް ހާޒިރުކުރަނީ
މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ 241 ކޮމިޓީއަށް
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވި މައްސަލައާއި، އެމްއެންޑީއެފްގެ ޖެނެރަލުން މަޖުބޫރުން ރިޓަޔަރވާކަމަށް ފާހަގަކުރެވޭ މައްސަލަ ބަލާ 241 ކޮމިޓީ ސިއްރުކޮށްފި
ސިފައިންގެ ޖެނެރަލުންނަށް މަޖުބޫރުކޮށްގެން ރިޓަޔަރކުރުވާ ކަމަށް ބުނެ އެ މައްސަލަ 241 ކޮމިޓީއަށް
ޕޮލިސް ބޯޑުން އެދޭ ކަންކަން ހޯމް މިނިސްޓްރީން ކޮށްނުދޭކަމަށް ބުނާ މައްސަލަ - ކަމާ ގުޅުންހުރި ފަރާތްތައް 241 ކޮމިޓީއަށް ހާޒިރުކުރަނީ
ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލަ: ފުލުހުންނާއި ސިފައިން ކޮމިޓީއަށް، ކޮމިޓީ ސިއްރު
ފަހުގެ ޤާނޫނުން ލިއްބައިދޭން ޖެހޭ ލުއި ނުލިބޭކަމަށް ބުނެ 241 ކޮމިޓީއަށް ގިނަ މައްސަލަތަކެއް ހުށައެޅިފައިވޭ