ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 22:36
މާލޭގެ މަގެއް
މާލޭގެ މަގެއް
ރާއްޖެއެމްވީ
ކޮވިޑް 19، ރާއްޖޭގެ ހާލަތު
ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ 218 މީހުން
 
ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 71،356ށް އަރާފައި

ބުރާސްފަތި ދުވަހު ރާއްޖެއިން 218 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބުރާސްފަތި ދުވަހު ޕޮޒިޓިވްވެފައިވާ 218 މީހުންގެ ތެރެއިން އަތޮޅުތެރެއިން ޕޮޒިޓިވްވީ 116 މީހުންނެވެ. މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 86 މީހުންނެވެ. އަދި ރިސޯޓުތަކުން 13 މީހަކު ޕޮޒިޓިވްވެފައި ވާއިރު، ތަރައްގީ ކުރަމުންދާ ރަށްތަކުން 03 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 71،356ށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 6،930ށް އަރާފައިވާއިރު، އޭގެތެރެއިން 67 މީހަކަށް ފަރުވާދެމުން ގެންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން ރަނގަޅުވެފައިވަނީ 64,214 މީހުންނެވެ.

ރާއްޖެއިން ފެންނަމުންދާ ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމަށް ފަހު، ޖޫން މަސް ފެށުނު ފަހުން މަޑުމަޑުން ކޭސްތަކުގެ އަދަދު އަންނަނީ މަދުވަމުންނެވެ. ކޭސްތައް މަދުވުމާއެކު, މެއި މަހުގެ ތެރޭގައި ސަރުކާރުން މާލޭސިޓީގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް