ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 20:46
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ރާއްޖެއެމްވީ
ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވުން
ރާއްޖޭއިން ކޮވިޑަށް ފަރުވާހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެ
 
ނިޔާވެފައި ވަނީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއް
 
އޭނާ ނިޔާވެފައި ވަނީ ޑީއެޗް 11ގައި ކޮވިޑަށް ފަރުވާދެމުންދަނިކޮށް
 
ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 201ށް އަރާފައި

ރާއްޖެއިން ކޮވިޑް-19ށް ފަރުވާހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތުދޭ ގޮތުގައި ޑީއެޗް 11ގައި ކޮވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 201ށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ޑީއެޗް 11ގައި ފަރުވާދެމުންދަނިކޮށް, ބުރާސްފަތި ދުވަހުގެ ހަވީރު 05:44 ގައި ނިޔާވެފައި ވަނީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން އަންނައިރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑްގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވީ މެއި މަހުއެވެ. އެއީ 88 މީހުންނެވެ. ރާއްޖޭގައި މިހާތަނަށް މިބަލީގައި އެއް ދުވަހެއްގެ ތެރޭގައި، އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މެއި މަހުގެ 24ވަނަ ދުވަހުއެވެ. އެދުވަހު 13 މީހުން ވަނީ ނިޔާވެފައެވެ.

ކޮވިޑްގައި ރާއްޖެއިން ނިޔާވި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިޔާވި މީހުންގެ 60 އިންސައްތައަކީ 65 އަހަރުން މަތީގެ މީހުން ކަމަށާއި، 30 އިންސައްތައަކީ އުމުރުން 40 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ކަމަށާއި، އަދި 20 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުންކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް