ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 17:38
މާލޭގެ މިސްކިތެއް ބަންދުކުރެވިފައި
މާލޭގެ މިސްކިތެއް ބަންދުކުރެވިފައި
ރާއްޖެއެމްވީ
މަސްތުގެ ހާލުގައި ހުރި މީހަކު ހައްޔަރުކުރުން
މިސްކިތެއްގެ ތެރޭގައި، މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފި
 
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން
 
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 34 އަހަރުގެ ފިރިހެނެއް

ވިޔަފާރިވެރިންގެ މިސްކިތް ތެރޭގައި، މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ވިޔަފާރިވެރިންގެ މިސްކިތް ތެރޭގައި، މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބުދަ ދުވަހުގެ ރޭ ދަންވަރު 1:35 ހާއިރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިދޭތެރެއިން މިސްކިތްތައް ބަންދުކުރުމާއެކު، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހާއްޔަކަށް މިސްކިތްތައް ހަދާ ކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވެއެވެ.

އެގޮތުން އާންމު މީހަކު މިމަހުގެ 12ވީ ހޮނިހިރު ދުވަހު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ، ފަތިސް ނަމާދުގެ ވަގުތުގައި ދެމީހަކު މިސްކިތް ތެރޭގައި ނިދާފައި ތިބި ކަމަށެވެ. އަދި އެ ދެމީހުންނަށް ގޮވުމުން ނިކުންނަމުން ޚަތިމު ހާވާލުމަށްފަހު "ޕެކެޓެއް" ނަގައިގެން ދިޔަ ކަމަށެވެ. އަދި ފުލުހުން އައިސް ބަލައި ފާސްކުރަމުންދާތީ "ސާމާނު" ކޮޅު ޚަތިމުގެ ތެރެއަށްލައި، ފޮރުވާ ކަަމަށް ވެސް އެމީހާ ބުންޏެވެ. އެމީހާ ކުރި ޕޯސްޓާ ގުޅިގެން، އެފަދަ މީހުންގެ އަމަލުތަކާމެދު އާންމުންގެ ހިތްހަމަނުޖެހުން އަމާޒުވެގެން ދިޔައެވެ.

މިކަންތައްތަކުގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާއިރު ފުލުހުން ބުނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި، ނިދުމާއި، އެއްޗެހި ދޮވެ، އަދި މިނޫނަސް މިސްކިތްތައް ބޭނުން ކުރުން އެކަށީގެންނުވާ އެހެނިހެން ބޭނުންތަކަށް މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. މިމައްސަލައަށް ހައްލު ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް