ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 07:50
ހުޅަނގު ފަރާތު ބަނދަރުގައި އަޅާފައިވާ ލޯންޗްތަކެއްގައި އަލިފާން ރޯވެފައި
ހުޅަނގު ފަރާތު ބަނދަރުގައި އަޅާފައިވާ ލޯންޗްތަކެއްގައި އަލިފާން ރޯވެފައި
އެމްއެންޑީއެފް
ލޯންޗް ތަކެއްގައި އަލިފާން ރޯވުން
މާލޭގެ ހުޅަނގު ފަރާތު ބަނދަރުގައި އަޅާފައިވާ ލޯންޗްތަކެއްގައި އަލިފާން ރޯވެއްޖެ
 
ހާދިސާގެ ރިޕޯޓް ލިބުނީ 6:13 ގައި
 
ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ

މާލޭގެ ހުޅަނގު ފަރާތު ބަނދަރުގައި އަޅާފައިވާ ލޯންޗްތަކެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ، ފަޅުގައި އަޅާފައި އޮތް 3 ލޯންޗެއްގައި ކަމަށެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު 6:13ހާއިރު ހާދިސާގެ ރިޕޯޓް ލިބިގެން އެސަރަހައްދަށް ގޮސް އަލިފާން އެއްކޮށް ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

ލޯންޗްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަނީ

އަލިފާން ރޯވި 3 ލޯންޗްގެ ތެރެއިން އެއް ލޯންޗް އެއްކޮށް ވަނީ އަނދާފައެވެ. 3 ލޯންޗެއްގައި އަލިފާން ރޯވި ނަަމަވެސް 4 ލޯންޗަކަށް ގެއްލުން ލިބުނު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ހާދިސާގެ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
50%
50%
0%
0%
ކޮމެންޓް