ކ. މާލެ
|
15 ޖޫން 2021 | އަންގާރަ 12:13
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އީސީގެ ރައީސް އިސްތިއުފާ
އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
 
ޝަރީފް އިސްތިއުފާ ދެއްވީ އަންގާރަ ދުވަހު

އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އިސްތިފާ ދެއްވިކަމަށް ވިދާޅުވެ ވަނީ ޓުވީޓެއް ކުރަައްވާފައެވެ. ޝަރީފް ވިދާޅުވީ، އަންގާރަ ދުވަހު އިސްތިއުފާ ދެއްވިއިރު، ވެއިތުވެ ދިޔަ ތިން އިންތިޚާބުގައި ވެސް އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވުނު ކަމުގެ ހިތްހަމަ ޖެހުން ލިބޭކަމުގައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

އިސްތިއުފާއާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ޝަރީފް ވިދާޅުވީ، 3 އިންތިޚާބުގައި މަސައްކަތް ކުރެއްވުމުން އެއީ އިންތިޚާބުގެ ސައިކަލްއެއް ހަމަވީ ކަމަށެވެ. ކުރިން ވެސް ނިންމަވައިގެން ހުރީ ލޯކަލް ކައުސިން އިންތިޚާބަށް ފަހު އިސްތިއުފާ ދެއްވަން ކަމުގައި ޝަރީފް ވިދާޅުވިއެވެ. ދެން ބޭނުންވަނީ އިންތިޚާބުގެ ކަންކަން ރަނގަޅަށް ކުރާނެ އެހެން މީހަކަށް އެ ފުރުސަތު ދެއްވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެހެން ދާއިރާއަކުން ފުރުސަތު ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
33%
33%
33%
0%
0%
0%
ކޮމެންޓް