ކ. މާލެ
|
15 ޖޫން 2021 | އަންގާރަ 09:23
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަަރައްގީ ކުރުމުގެ ޕްލޭނެއް އެކުލަވާލައި އެކަމަށް އަންނަނީ މަސައްކަތް ކުރަމުން
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަަރައްގީ ކުރުމުގެ ޕްލޭނެއް އެކުލަވާލައި އެކަމަށް އަންނަނީ މަސައްކަތް ކުރަމުން
ސޯޝަލް މީޑިއާ
ހަނިމާދޫ އެއާރޕޯޓް
ހަނިމާދޫ އެއާރޕޯޓް ތަރައްގީކުރަން ބިން ކަނޑައާޅާފައި އޮތީ މުސްތަގުބަލަށް ވިސްނާފައި - ފައްޔާޒު
 
ހަނިމާދޫގެ އިގްތިސާދަށް މިކަމުން ފައިދާ ވާނެ
 
ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުގެ ތެރެއިން އެއް ބަނަދަރަށް ވެގެންދާނެ
 
އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ މައި މަރުކަޒު ބިނާކުރުމަށް މިހާރު ކަނޑައަޅާފައިވާ ބިމުގެ ބޮޑުބައެއް ބޭނުން ކުރާނެ

ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމަށް ޕްލޭން ކޮށްފައި އޮތީ ހުޅުލޭގައި އޮތް ވަރުގެ ރަންވޭއަކާއެކު ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހަނިމާދޫގެ ބިމުން ބޮޑުބައެއް އެއަރޕޯޓް ތަރައްގީކުރުމަށާއި އިތުރު އެހެނިހެން ބޭނުންތަކަށް ބޭނުންކުރަން ނިންމާފައިވުމުން އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާގުޅޭގޮތުން ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް 853،937 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައި އެވަނީ މުސްތަގުބަލުގައި އެއާޕޯޓު ބޮޑުކުރުމަށާއި، އެބިމުން ބައެއް، އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ މައި މަރުކަޒު ބިނާކުރުމަށް ބޭނުންކުރުމަށާއި، އެއަރޕޯޓާއެކު ހަދާ ސިޓީ ހޮޓަލަށް ބޭނުންކުރުމަށް ކަމަށެވެ.

ހުޅުލޭގައި އޮތް ސައިޒުގެ ރަންވޭއަކަށް، އެއީ 3200 ކިލޯމީޓަރަށް ބޮޑު ކުރެވޭ ގޮތަށް ފަރުމާ ކުރަނީ. ފުރަތަމަ ފޭސްގައި ކުރަނީ 2800 ކިލޯމީޓަރަށް. މެދުއިރުމަތީ ތަންތަނުން ސީދާ ފްލައިޓް އަންނަވަރަށް މިހާރު މި ތަރައްގީ ކުރަނީ. މިވަގުތު 3200 ކިލޯމީޓަރުގެ ބޯޓު ޖައްސާވަރަށް ބޮޑުކޮށްގެން އަދި މަންފާއެއް ނުކުރާނެ. މިހާރު ބިން ކަނޑައަޅާފައި އެއޮތީ މުސްތަގުބަލަށް ވިސްނާފައި.
ފައްޔާޒް އިސްމާއީލް, އިކޮނޮމިކް މިނިސްޓަރ

ފައްޔާޒް ވިދާޅުވީ، މުސްތަގުބަލުގައި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގެ ތިން ސަރަހައްދުގައި ތަރައްޤީކުރަން ކަނޑައަޅާފައިވާ އެންމެ ބޮޑެތި ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުގެ ތެރެއިން އެއް ބަނަދަރަށް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އެ ބިމުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި އެމްއެންޑީއެފްގެ ނޮދާން ކޮމާންޑް ސެންޓަރުން ބޭނުންކުރާއިރު އެތަނަކީ ވެސް އެރަަށަށް އިގްތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ތަނަކަށް ވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްއެންޑީއެފް ނޮޮދަން ކޮމާންޑް ހަނިމާދޫގައި ގާއިމުވުމަކީ ހނިމާދޫގެ އިގްތިސާދަށް ވަރަށް ގިނަ ލާރި ވަދެގެންދާނެ ކަމެއް. އެއާރޕޯޓާ އެއްކޮށް ނޯތްގެ ސެކިއުރިޓީއާއި ގައުމުގެ އިސްތިގުލާލު ހިފެހެއްޓުމަށް އެމްއެޑީއެފް އެތަނުގައި އޮންނާނެ. އިންޑިއާ އެތާގައި ތިބޭކަށެއް ނޫން މި އުޅެނީ.
ފައްޔާޒް އިސްމާއީލް, އިކޮނޮމިކް މިނިސްޓަރ

އެއާރޕޯޓްގެ ބޮޑު ޕްރޮޖެކްޓަށް މިހާރު ބިން ކަނޑަ ނާޅައިފިނަމަ އެސަރަހައްދުގައި މީހުން އާބާދުވެ ފަހުން އެބިންތަކުން މީހުން ހުސްކޮށް ތަރައްޤީގެ ޕްރޮޖެކްޓަށް ބިން ހޯދުން ދަތިކަމަކަށް ވާނެ ކަމަށްވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. މިހާރު އޮތް ޕްލޭނަކީ ސަރުކާރުން ހަދާފައިއޮތް ޕްލޭން ކަމަށެވެ. ކައުންސިލަށް އައި ބަދަލާއެކު އައު ކައުންސިލާ ބައްދަލުކޮށް އެވާހަކަތައް ހިއްސާކުރުމަށް އަދި ފުރުސަތު ނުލިބޭ ކަމަށެވެ. ރަށުގެ ކައުންސިލާއި ރައްޔިތުން އެއަރޕޯޓާއި ސިޓީހޮޓާ ފަދަ ތަރައްޤީގެ މަޝްރޫޢުތައް ބޭނުން ނުވާނަމަ، އެޕްރޮޖެކްޓްތައް ސަރުކާރުން ކޮންމެހެން ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކައުންސިލާ މަޝްވަރާކޮށްފައި ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް