ކ. މާލެ
|
15 ޖޫން 2021 | އަންގާރަ 00:15
އެމްއެމްޕީއާރްސީން ބޭނުންކުރާނެ ޕިން ބެޖު ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން  ބިޑް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައި
އެމްއެމްޕީއާރްސީން ބޭނުންކުރާނެ ޕިން ބެޖު ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައި
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީއަށް ބެޖު ހަދައިދިނުން
އެމްއެމްޕީއާރްސީން ބޭނުންކުރާނެ ޕިން ބެޖު ހަދައިދޭނެ ފަރާތެއް ހޯދަނީ
ބިޑް ހުށަހަޅަންޖެހޭ ސުންގަޑިއަކީ ޖޫން 17ވަނަ ދުވަހުގެ މެންދުރު ފަހު 3:00
މަޢުލޫމާތު ސާފުކުރުމަށް މެއިލް ކުރާނެ ސުންގަޑިއަކީ ޖޫން 21ވަނަ ދުވަހުގެ މެންދުރު ފަހު 3:00
ބިޑް ރަޖިސްޓަރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަންނާނެ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން މިއަހަރު ބޭނުންކުރާނެ ޕިން ބެޖު ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

އެމްއެމްޕީއާރްސީން ބުނީ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، ޖޫން 17 ވަނަ ދުވަހުގެ މެންދުރު ފަހު 3:00ގެ ކުރިން ބިޑް ހުށަހެޅުމަށާއި، އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ ޖޫން 21 ވަނަ ދުވަހުގެ މެންދުރު ފަހު 3:00ގެ ކުރިން އެކޯޕަރޭޝަނަށް މެއިލް ކުރުމަށެވެ.

އެމްއެމްޕީއާރްސީން ބޭނުންވާ ބެޖް ފަރުމާކުރަން ޝައުގުވެރިވާ ފަރާތްތަކުން ޖޫން 24ވަނަ ދުވަހުގެ ހެނދުނު 11:00އަށް، އަންދާސީހިސާބު ހުށައަޅަންޖެހޭނެއެވެ. އެމްއެމްޕީއާރްސީގެ އޮފީސް ހުންނަނީ ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައެވެ.

ބިޑް ރަޖިސްޓްރީ ކުރުމަށް މެއިލް ކުރާއިރު، ބިޑު ހުށަހަޅާ ފަރާތުގެ ނަމާއި، ކުންފުނީގެ ނަމުގެ އިތުރުން ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އަދި އީމެއިލްގެ ސަބްޖެކްޓް މެއިލްގައި ހިމަނަންޖެހެއެވެ. އީމެއިލްގެ ސަބްޖެކްޓްގެ ގޮތުގައި ލިޔަން ޖެހޭނީ 'To hire a party to produce a round plastic pin badge' އެވެ.

އެމްއެމްޕީއާރްސީ އިން ވަނީ ބިޑް ރަޖިސްޓަރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.

- ކޮމެންޓް