ކ. މާލެ
|
14 ޖޫން 2021 | ހޯމަ 22:15
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް- ރައީސް ވަނީ ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް- ރައީސް ވަނީ ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި
ރައީސް އޮފީސް
"ގެދޮރުވެރިޔާ ލޯނު" މަޝްރޫއު
ހަދަން ފަށާފައިވާ ގެ ނިންމާލުމަށް ގިނަވެގެން 7 ލައްކަ ރުފިޔާ ދެވޭނެ- ރައީސް
ފައިސާ ހޯދުމަށް ގިނަވެގެން 7 ލައްކަ ރުފިޔާ ކޮންމެ ފަރާތަކަށް ދޭނެ
ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތަކަށް ދައްކައި ޚަލާސްކުރެވޭނެ
ސޮއި ކުރެވި މަސައްކަތް ފެށުމަށް 7000 ފްލެޓެއްގެ މަސައްކަތް ތައްޔާރުވެފައިވޭ

ސަރުކާރުން އަތޮޅުތެރެއަށް ޚާއްސަކޮށް ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން، ހަދަން ފަށާފައިވާ ގެ ނިންމާލުމަށް ގިނަވެގެން 7 ލައްކަ ރުފިޔާ ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

"ގެދޮރުވެރިޔާ ލޯނު" މަޝްރޫއު އިފްތިތާހު ކުރުމަށް ހޯމަ ދުވަހުގެރޭ ވާރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމަކީ ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން އަލަށް މި ފަށާ މަޝްރޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ބޯހިޔާވަހިކަމުގެ މަޝްރޫއެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ގެދޮރުވެރިޔާ ލޯނު ސްކީމަކީ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތަކަށް ދައްކައި ޚަލާސްކުރާ ގޮތަށް ތައާރަފްކުރާ ލޯނު ސްކީމެއް ކަމަށެވެ.

Advertisement

ރަޢީސް ވިދާޅުވީ، މި ލޯން ސްކީމުގައި ބައިވެރިވުމަށް މޯރގޭޖެއްގެ ގޮތުގައި ހަމައެކަނި ދައްކަންޖެހޭނީ އެމީހާއަށް ލިބިފައިވާ ގޯތި ނުވަތަ އެ ގޯތީގައި ހަދަން ފަށާފައިވާ އިމާރަތް ކަމަށެވެ. އަދި ގިނަވެގެން މަހެއްގެ މައްޗަށް 5000 ރުފިޔާ އަނބުރާ ދައްކަންޖެހޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ހަދަން ފަށާފައިވާ ގެ ނިންމާލުމަށް ބޭނުންވާ ފައިސާ ހޯދުމަށް ގިނަވެގެން 7 ލައްކަ ރުފިޔާ ކޮންމެ ފަރާތަކަށް ފޯރުކޮށްދެވޭނެ ކަމަށާއި، މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް ހިންގާ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ހަދަން ފަށާފައިވާ ގެ ނިންމާލުަމަށް ބޭނުންވާ ފައިސާ ހޯދުމަށް ގިނަވެގެން 7 ލައްކަ ރުފިޔާ ކޮންމެ ފަރާތަކަށް ދޫކުރެވޭނެ، މިއަދު މި ފަށާ ލޯނު ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ލުއި ގޮތަކަށް އެކަންކޮށް ނިންމާލުމުގެ ފުރުސަތު ފަހިވެގެންދާނެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު

ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ރައީސް އިތުރަށް ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ މަޝްރޫއުވެސް ކުރިއަށްދާ ކަމަށެވެ.

އަދި މިހާރު ސޮއި ކުރެވި މަސައްކަތް ފެށުމަށް 7000 ފްލެޓެއްގެ މަސައްކަތް ތައްޔާރުވެފައިވާ ކަމަށާއި، އިތުރު 4000 ހައުުސިންގ ޔުނިޓެއް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނުގެ އިންޓްރެސްޓް ރެޓަކީ 6 އިންސައްތައެވެ. އަދި ގްރޭސް ޕީރިއަޑްގައި އިންޓްރަސްޓެއް ނުނަގާނެ ކަމަށާއި، އެކި މުއްދަތުތަކަށް ބަހާލައިގެން ލޯނު ދެއްކޭނެކަން މި ރަސްމިއްޔާތުގައި ވަނީ އިއުލާނުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
15 ޖޫން 2021 | އަންގާރަ 09:52
ނިކަމެތިމީހާ
ލޯނު ދިނަކަސް ކިހިނެއްގެ އަޅާނީ 5000/- ނުލިބޭ ނިކަމެތިން މި އުޅެނީ ލޯނައް 5000/- އެބަޖެހޭ ދައްކަން ނިކަމެތި މީހާ ނިކަމެތި ހާލުގައި އުޅޭ ނީ
15 ޖޫން 2021 | އަންގާރަ 00:15
އައްޑޫ މީހާ
ހަދަން ފަށާފައިވާ ގެތަށް ނިންމުމަށް އެކަނިތޯ ދެނީ. ކޮބާ އެއްވެސް ކަމެއްނުކުރެވި ހުސް ގޯތި ތިބި މީހުންނަށް އޮށް ގޮތަކީ؟؟؟؟؟؟ ތިވެސް ދޭނީ ދޭނެ ބަޔަކަށް