Advertisement
ކ. މާލެ
|
13 ޖޫން 2021 | އާދީއްތަ 07:51
ފޭކް ޕާސްޕޯޓު ހިފައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރުން
ފޭކް ޕާސްޕޯޓު ހިފައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރުން
އިމިގްރޭޝަން
ޕާސްޕޯޓް ފޯޖްކޮށްގެން އެތެރެވާން އުޅުން
ޝަޚްޞު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއެއް ހިފަހައްޓައިފި
ހިފަހައްޓާފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް

ސިފަ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން، ޝަޚްޞު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖެ އެތެރެވާން މަސައްކަތްކުރީ އުމުރުން 30 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި، އެ މީހާގެ ޕާސްޕޯޓުގެ ބައެއް މަޢުލޫމާތު ނަކަލު ކޮށްފައިވާ ކަމަށެވެ.

Advertisement

މިގޮތަށް ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ ގިނަ އަދަދެއްގެ މީހުން މި ދިޔަ އަހަރު ވެސް އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ. މި މީހުން ހިފެހެއްޓުމަށްފަހު އިމިގްރޭޝަނުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާ މީހުން ހުއްޓުވުމާއި، މި ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ދާދި ފަހުން ކަސްޓަމްސްއާއި، އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ސައިންސް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ގުޅިގެން ވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވަރުގަދަކޮށްފައެވެ. އެގޮތުން ފިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކިއުރިޓީ ސޮފްޓްވެއަރތައް ވެސް ވަނީ ފަހުގެ ސޮފްޓްވެއަރތަކަށް އަޕްގްރޭޑްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް