ކ. މާލެ
|
11 ޖޫން 2021 | ހުކުރު 21:25
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު
އަވަސް
އަލިފުށީ ދާއިރާގެ މެންބަރު ބިގޭ
ބިގޭއަކީ ބަސްފުޅުމަދު، އަމަލުފުޅުގިނަ ސިޔާސީ ލީޑަރެއް- ފަރސްޓް ލޭޑީ
 
ބިގޭ ޖަލުގައި 5 އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައިވޭ
 
ފަޒްނާ ވަނީ ބިގޭއަކީ ބަސްމަދު، އަމަލު ގިނަ ލީޑަރެއްކަމަށް ވިދާޅުވެފައި

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ)އަކީ ސިޔާސީ ތަޖުރިބާހުރި ހީވާގި ލީޑަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާވަނީ ޖަލުގައި ބިގޭ ހޭދަކުރެއްވި ދުވަސްތަކުގެ މަތިން ހަނދާން އައު ކުރައްވައި، ބިގޭއަކީ ހަގީގަތުގައިވެސް "ބިގް ހެޑް"އެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ފަޒްނާ އެހެން ވިދާޅުވެފައިވާއިރު ބިގޭއަށް 'ބިގްހެޑް'ގެ ނަމުން ނަންދިނީ އޭނާގެ ޓީޗަރެއްކަމަށް ހުކުރު ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ބިގޭ ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ބިގޭ ވަނީ އިމްތިޔާޒު ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލި މައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުން ކުރައްވަމުން ގެންދަވާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

"ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ، ރައީސް ވިދާޅުވެގެން ކަމަށް ބުނެ އެއްވެސް މީހަކަށް ނުވަތަ މެމްބަރަކަށް ގުޅުއްވާފައިނުވާނެ ކަމަށެވެ. އަދި އެދުވަހު ރައީސަށް ވެސް ގުޅުއްވައިގެން ވާހަކަ ދެއްކެވިފައި ނެތް ކަަމަށް ބިގޭ ވިދާޅުވިއެވެ. 

ވެރިކަން ކުރާ އެމްޑީޕީން ކުރި އިންސާފުގެ ދަތުރުގައި ކުރައްވަން ޖެހިވަޑައިގެން ހިތި ތަޖުރިބާތަކުގެ މައްޗަށްވެސް މި ޕްރޮގްރާމްގައި ބިގޭ އަލި އަޅުއްވާލެއްވިއެވެ.

ބިގޭއަށް ދޫނިދޫ ޓިނު ގޮޅީގައި ހަމަސް ދުވަސް އަނިޔާގެ ތެރޭގައި ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އަދި ދޫނިދޫ ތިން ނަންބަރު ކުޑަގޮޅިގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޮންނަވަން ޖެހިވަޑައިގެންކަމަށް ބިގޭ ވިދާޅުވިއެވެ.

ބިގޭ އެ ވާހަކަތައް ދައްކަވާފައިވާ ދަނޑިވަޅެއްގައި ފަޒްނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ބިގޭ ޖަލުގައި 5 އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައިވާއިރު، ޒުވާން އުމުރުފުޅުގެ ގިނަ ދުވަސްތައް ހޭދަކުރެއްވީ އަރުވާލުމާއި ގޭބަންދުގައި ކަމަށެވެ. ބިގޭ ވާހަކަދައްކަވަނީ ސީދާ މައުޟޫއަށްކަން ފާހަގަ ކުރައްވައި ފަޒްނާ ވިދާޅުވީ، ވަކި މީހަކު މޮޅުކޮށް ދެރަކޮށްފައި ބިގޭ ވާހަކަ ނުދައްކަވާކަން ފާހަގަ ކުރެއްވެވުނު ކަމަށެވެ. އަދި ނިންމުންތައް ނިންމެވުމުގައިވެސް ބިގޭ އިސްކަން ދެއްވަނީ ވަގުތާއި ހާލަތަށް ބައްލަވައި އެ އިރަކު ގައުމަށް އެންމެ ފައިދާހުރި ގޮތަކަށްކަމަށް ބިގޭ ވިދާޅުވި ވިދާޅުވުން ފަޒްނާ ފާހަގަ ކުރެއްވިއެވެ.

ފަޒްނާ ވަނީ ބިގޭއަކީ ބަސްފުޅުމަދު، އަމަލުފުޅު ގިނަ އަދި ހީވާގި ލީޑަރެއްކަން ހާމަވެގެން ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

ބިގޭއަކީވެސް ބަސްމަދު، އަމަލު ގިނަ، ސިޔާސީ ތަޖުރިބާހުރި ކެރޭ ހީވާގި ލީޑަރެއްކަން ހާމަވެގެން ހިނގައްޖެ، މާޝާ ﷲ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު

ދޫނިދޫއާއި ގާމާދޫ ޖަލު ހިމެނޭހެން ހުރިހާ ޖަލެއްގައި ފަސް އަހަރު ދުވަހު ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށް ފަހު، ހުކުމުގެ ބާކީބައި ފުރިހަމަ ކުރައްވަން ބިގޭ ދެން ހުންނެވީ ހއ.ހޯރަފުށީގައެވެ. އެރަށުގައި އެއްއަހަރު ހޭދަކުރެއްވުމަށް ފަހު ދެން ހުންނެވީ ރ.އަލިފުށީގައެވެ.

އިންސާފުގެ ދަތުރުގައި 1990 ވަނަ އަހަރު ޖަލު ހަޔާތް ފެއްޓެވި ގޮތަށް އެކަމުން މިނިވަންވެވަޑައިގެން އަލުން ސިޔާސީ ހަޔާތަށް ބިގޭ ނިކުންނެވީ 1999 ވަނައަހަރުގައެވެ. ބިގޭ ވިދާޅުވީ، ލިބިވަޑައިގެންނެވި އަނިޔާއާ އެކުވެސް ހުންނެވީ އިސްލާހީ މަސައްކަތުގައި ކަމަށެވެ. އަދި ދެން ވެސް ދެމިހުންނަވާނީ އެގޮތުގައި ކަމަށެވެ.

ކޮމެންޓް
13 ޖޫން 2021 | އާދީއްތަ 00:05
ކިނބޫ
ތެދުފުޅެއް! ބޮން ގޮއްވީވެސް ބަސްފުޅު މަދުކުރައްވައިގެން ހުރެ. އަނެއްކާ އިހަށް ދުވަހު އެގޮވި އެއްޗެއްވެސް ފިޝަރީޒްގެ ކަނދުފަތި ދޯނީގަތަ ރައްކާ ކޮށްފަ އޮތީ؟ އަހާލީ!
12 ޖޫން 2021 | ހޮނިހިރު 12:48
އެމްސް
ސިޔާސީ އެންމެނަކީވެސް އަނގަ ގަދަ (ބަސް ގިނަ)، މާބޮޑު ކަމެއް ނުވާ (ޢަމަލު މަދު) ބަޔެއް!
ގުޅުންހުރި
ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ސަރުކާރަށް ފުރިހަމަ ބާރާއެކު މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ތިބޭނީ އަނދިރި މަރުހަލާއެއްގައި - ބިގޭ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
މެންބަރުންގެ އަދަދުކަނޑައެޅުމާއި މެދު ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަކީ އަމިއްލަ މަންފާ ހޯދަން ހުށަހެޅި ބާތިލް މައްސަލަ އެއް - ބިގޭ
ރައީސްގެ ރިޔާސީ ބަޔާނުގައި އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތަކަށް އެއްވެސް މިންވަރަކަށް އަލިއަޅުވާލާފައިނުވޭ: އެމްޑީޕީ
މިދިޔަ ސަރުކާރުން 1300 އަށްވުރެ ގިނަ މަޝްރޫއުތައް މުޅި ރާއްޖޭގައި ހިނގަމުންދިޔަ، މިސަރުކާރުން ވަނީ ގިނަ މަޝްރޫއުތައް ހުއްޓުވާފައި
އަބަދުވެސް އެމްޑީޕީއަށް ވަފާތެރިވާނަން: އާޒިމް