Advertisement
ކ. މާލެ
|
10 ޖޫން 2021 | ބުރާސްފަތި 21:38
އެމްޑީޕީގެ  ގައުމީ މަޖިލީހުގެ ތެރެއިން އެ ޕާޓީގެ ޗެއަރ ޕަރސަން ޙަސަން ލަޠީފު (ކ) ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރެއިން އެ ޕާޓީގެ ޗެއަރ ޕަރސަން ޙަސަން ލަޠީފު (ކ) ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން
މޭހަޔެއް ކޮމިޓީ އުފެއްދުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފި
ކޮމިޓީގައި ފަސް މެމްބަރުން ތިއްބަވާ
ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު
ގަރާރު ފާސްކުރުމަށް އެދި ވޯޓަށް އަހާނެ

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމާލާގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލާ ފާރަވެރިވާނެ ޚާއްސަ ކޮމިޓީއެއް އުފެއްދުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

Advertisement

މިހާރު ކުރިޔަށްދާ އެމްޑީޕީ ގައުމީ މަޖިލީހަށް މިގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދެވެ. ގަރާރަށް ތާއީދުކުރައްވާފައިވަނީ މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމްއެވެ. ކޮމިޓީ އެކުލަވާލަން ހުށަހަޅާފައިވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކަނޑައަޅުއްވާ މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރ ހަސަން އަފީފު، ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު، ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އިބްރާހީމް މުއިއްޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް އެވެ. މިގަރާރުގައި މައިގަނޑު ތިން ކަމަކަށް ގައުމީ މަޖިލިސް އިގްރާރުވުމަށް ވަނީ ހުށަހަޅާފައެވެ.

އެކަންކަމަކީ:

  • ސަރުކާރު އަދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގަމުން ގެންދާ ތަހުގީގުތަކާއި، މިކަމާއި ގުޅިގެން އަޅާ/އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުރާ/ކުރަންޖެހޭ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ޕާޓީގެ ފަރާތުން ގާތުން ބަލައި ފާރަވެރިވަމުން ގެންދިޔުމަށާއި
  • ކުރިން ހިނގާފައިވާ ނުރައްކާތެރި އެތައް މަރެއްގެ ހަގީގަތްތައް ނުހޯދި، އިންސާފު ދިގުލައިގެން ގޮސްފައިވާ ހިނދު، ދައުލަތުގެ އެންމެ މަތީ ރައްކާތެރިކަމާއި ބެލެހެއްޓުންތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނީ ލާޒިމުކަން އޮތް ރައީސް ނަޝީދަށް އަމާޒުކޮށް މެދެވުނު ހަމަލާގެ ތަހުގީގަކީ ރާއްޖޭގެ ގާނޫނީ ހުކޫމަތު ނެގެހެއްޓޭ މިންވަރު ވަރަކަށް ޖަލާލެވިގެންދާފަދަ ސީރިއަސް ހަމަލާއެއް ކަމުގައިވާތީ އާއި، މިފަދަ ބޮޑު މައްސަލައެއްގެ ހަފަރާތް ނުހޯދިއްޖެނަމަ، މިޕާޓީ ދައުލަތެއްގެ ގޮތުގައި ދެކޭ ދިވެހި ދައުލަތުގެ ސިފަތައް ގެއްލިގެންދާނެކަމުގެ ކަންބޮޑުވުން އޮތްކަމާއި
  • ބަޔާންކުރެވިގެންދިޔަ ކަންކަމުގެ ބިރުވެރިކަމާއި، ކަންބޮޑުވުމާއެކު ރައީސް ނަޝީދަށް އިންސާފު ގާއިމުކުރުމަށް މުޅި ރާއްޖެގެ ހުރިހާ ކަންކޮޅުތަކުގައި އުޅޭ ޕާޓީގެ މެމްބަރުންނާއި ދިވެހިރައްޔިތުން ކެނޑިނޭޅި ގޮވަމުން ދިޔުމާއެކު، އެމްޑީޕީގެ މެމްބަރުންގެ ފަރާތުން މިކަން ގާތުން ބަލައި ފާރަވެރިވާނެ ޚާއްސަ ކޮމިޓީ އުފެއްދުމާއި ކޮމިޓީގެ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރުންމަތީ ފިލައިގެންނުގޮސް ތިބުމަށް

ގައުމީ މަޖިލީހުގައި 113 މެމްބަރުން ބައިވެރިވަޑައިގަންނަވައެވެ. މެމްބަރުން ގަރާރަށް ބަހުސްކުރުމަށްފަހު ގަރާރު ފާސްކުރުމަށް ވޯޓަށް އަހާނެއެވެ. އެމްޑީޕީގެ ގައުމީ މަޖިލިސް ހިނގަމުންދަނީ ޒޫމް މެދުވެރިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް