ކ. މާލެ
|
9 ޖޫން 2021 | ބުދަ 18:28
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
މުހައްމަދު ޝަރުހާން
ކޮނޑޭ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ
ކޮނޑޭ އިސްމެޖިސްޓްރޭޓާ ބެހޭ ގޮތުން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފި
މި މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ 06 ޖޫންގައި ބޭއްވި ކޮމިޝަނުގެ 45ވަނަ ބައްދަލުވުމުގައި
މިއީ 17 ނޮވެންބަރު 2019ގައި ހުށަހެޅުނު މައްސަލައެއް

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓާ ބެހޭ ގޮތުން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމާ ބެހޭ ގޮތުން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 1-22 ވަނަ މާއްދާގެ (ބ)ގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން، 17 ނޮވެންބަރު 2019 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސް ދީފައިވާ، ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހިމްގެ ސުލޫކީ މައްސަލަ، ތަހުގީގުކޮށްފައިވާ ކަމަށެވެ.

އެމައްސަލަ ސާބިތުނުވާ ކަމަށް 06 ޖޫން 2021 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 45 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

- ކޮމެންޓް