ކ. މާލެ
|
13 މެއި 2017 | ހޮނިހިރު 18:32
މީލޯތްބަކީގެ ޕޯސްޓަރެއް
މީލޯތްބަކީގެ ޕޯސްޓަރެއް
ފޭސްބުކް
މިއީ ލޯތްބަކީ
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟
މިއީ ޑާކް ރެއިން އެންޓަޓެއިންމަންޓުގެ 9 ވަނަ ފިލްމު
ކޮންމެ ރަށެއްގައި ވެސް އެޅުވުމުގެ ފުރުސަތު އޮންނާނެ
މިފިލްމު ހެދުމަށް ދިޔަ ޚަރަދު ވަނީ މިހާރު ލިބިފައި

ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ނުވަ ވަނަ ފިލްމު "މިއީ ލޯތްބަކީ" ދިވެހި ސިނަމާތަކަށް އައިސްފައިވަނީ މިދިޔަ އެޕްރީލްމަހުގެ 5 ވަނަ ދުވަހުގައެވެ.

މި ފިލްމުގެ އެންމެ މަޖާ ރޯލުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އާދަމް ރިޒްވީ ބުނި ގޮތުގައި ހުރިހާ ސީނަކީ ވެސް ވަރަށް މަޖާ ސީންތަކެވެ. އެހެން ނަމަވެސް އޭނާ ބުނީ ފިލްމުގައި ފެންނަ ހަމައެކަނި އަސްލު މަންޒަރު ކަމުގައިވާ ފައިސަލް ކަންފަތް މަތީގައި ޖަހާލާ މަންޒަރު އެއީ އޭނާއަށް އެންމެ ފާހަގަވި މަންޒަރުކަމަށެވެ. އަދި އެއީ ސްކްރިޕްޓުގައި ވެސް ނެތް ސީންއެއްކަމަށް އޭނާ ބުންޏެވެ. ރިޒްވީ ބުނީ އެ މަންޒަރު ހަމަ ނެގުމާއެކު އެންމެން އެކީ ބަނޑިބަނޑިލާފައި ހޭން ފެށީކަމަށާއި އެއީ ވަރަށް ފާހަގަ ކުރެވޭ މަންޒަރުކަމަށެވެ. މި ފިލްމުގައި ހިމެނޭ މަޖާ ކޮންމެ މަންޒަރަކީވެސް އާންމުން އުފަލުން ބަލައިގަތް މަންޒަރުތަކެވެ. މިއ

މި ފިލްމުގައި ޖުމްލަ 6 ލަވަ ވަނީ ހިމަނާފައެވެ. އެލަވަތަކަކީ މިހާރު ދިވެހި ލަވަތަކުގެ ތެރެއިން އާންމުކޮށް އިވޭ ލަވަތަކެކެވެ. އޭގެ ތެރެއިން ޑިޓިއުން ބޭންޑުގެ  "ހީލާހަދަން" އަކީ ފްލައިޓެއްގެ ތެރޭގައި ޝޫޓްކުރި ފުރަތަމަ  ދިވެހި ވީޑިއޯ ލަވަ އެވެ. ލަވަ ޝޫޓް ކޮށްފައިވަނީ މެގަ މޯލްޑިވްސްގެ ފްލައިޓެއްގެ ތެރޭގަ އެވެ. ވަރަށް މަޖާ އަދި އުފާވެރި މަންޒަރުތަކެއް މި ލަވައިން ފެނެ އެވެ. ލަވައަކީ އުފާވެރި އިހުސާސެއް ކުރުވާ ލަވައެއް ކަމުން އެކަން ލަވައިގެ ވީޑިއޯއިން ވަރަށް ފުރިހަމައަށް ވަނީ ދައްކާލާފަ އެވެ. މި ލަވައިގެ ފިލްމްގައި ފެނިގެންދާ ގިނަ ތަރިން ފެނިގެންދާއިރު ލަވަ ޝޫޓްކޮށްފައިވަނީ މުޅިއަކު 60 އަށްވުރެ ގިނަ މީހުން ހިމަނައިގެންނެވެ. އެއީ މި ފިލްމު ބަލައިގަތް އެއްސަބަބު ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ.

މިއީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދު ޕްރޮޑިސްކޮށް އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ސްކްރީންޕްލޭ ލިޔެފައިވާ ފިލްމެކެވެ. އަދި ޗިއްޕެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ފީޗާ ފިލްމެއްގައި މިހާތަނަށް އެންމެ ބޮޑު ކާސްޓާއެކު އުފައްދާފައިވާ ފިލްމެވެ. ދެ ގަޑިއިރާ 59 މިނެޓް 31 ސިކުންތުގެ ދިގު މިނަށް ފައްތާފައިވާ މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. 

މި ފިލްމު ހެދުމަށް ގާތްގަނޑަކަށް 45،000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މޮގާ ބުނިގޮތުގައި ފިލްމު ހެދުމަށް ދިޔަ ޚަރަދު މިހާރު ވަނީ އެ ފިލްމަށް ލިބިފައެވެ. މިއީ މި ފިލްމުގެ އެންމެ ބޮޑު ކާމިޔާބީއެވެ.

"މިއީ ލޯތްބަކީ" ގެ ލީޑް ރޯލުން ފެންނަނީ މަރިޔަމް އައްޒަ (އައްޒަ) އާއި ޖުމައްޔަލް ނިމާލެވެ. އޭގެ އިތުރުން މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އަލީ ޝަޒްލީމް، އަހުމަދު ސުނީ، ހަމްދާން ފާރޫގ ހިމެނެއެވެ. މީގެ އިތުރުން ސަމާ، އަމަން، ސާޔާ އަދި ސާޖީ ފިލްމީ ދާއިރާއަށް މުޅިންވެސް އާ ތަރިންނެވެ.

މިހާތަނަށް ހައުސްފުލް 19 ޝޯ ދެއްކުމަށްފަހު އެ ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އަޅުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެކަމަށް ޑާކްރެއިން އެންޓަޓެއިންމަންޓުން ވަނީ ހާމަ ކޮށްފައެވެ. އަދި މާލޭގައި އެފިލްމުގެ އެންމެ ފަހުގެ ވަދާއީ ޝޯތައް މިހާރު ދަނީ ދައްކަމުންނެވެ.  މިހާތަނަށް އެ ފިލްމުގެ 24 ވަރަކަށް ޝޯ  ވަނީ ހަމައެކަނި މާލޭގައި ދައްކާފައެވެ. އޭގެ ތެރެއިން 19 ޝޯއަކީ ހައުސްފުލް ޝޯއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް