ކ. މާލެ
|
7 ޖޫން 2021 | ހޯމަ 15:26
ވެމްކޯއިން ފަލަސްޠީނަށް 50،000 ރުފިޔާގެ ފައިސާގެ އެހީއެއް ވަނީ ދީފައި
ވެމްކޯއިން ފަލަސްޠީނަށް 50،000 ރުފިޔާގެ ފައިސާގެ އެހީއެއް ވަނީ ދީފައި
ވެމްކޯ
ލޯތްބާއެކު ކެމްޕޭން
ވެމްކޯއިން ފަލަސްޠީނަށް 50،000 ރުފިޔާގެ ފައިސާގެ އެހީއެއް
ފަލަސްތީނަށް ފައިސާގެ އެހީދިނުމަށް ވެމްކޯއިން ފަންޑް ރައިޒިންގ ޕްރޮގްރާމެއް ވެސް ހިންގި
ފައިސާގެ އެހީ އައިއޭސީއާ ޙަވާލުކުރެއްވީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އަހުމަދު
އައިއޭސީއިން ފަލަސްތީނަށް އެހީވުމަށް 8.48 މިލިއަން ރުފިޔާ ވަނީ އެއްކުރެވިފައި

ވެމްކޯއިން ފަލަސްޠީނަށް 50،000 ރުފިޔާގެ ފައިސާގެ އެހީއެއް ފޯރުކޮށްދީފިއެވެ.

ވެމްކޯއިން ބުނީ، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން 50،000 ރުފިޔާގެ ފައިސާގެ އެހީއެއް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ޙަވާލުކޮށްފައިވާކަމަށެވެ. އާދިއްތަ ދުވަހު ވެމްކޯގައި ބޭއްވި ބައްދަލުވުމެއްގައި ފައިސާގެ އެހީ އައިއޭސީއާ ޙަވާލުކުރެއްވީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އަހުމަދެވެ.

ވެމްކޯއިން ފަލަސްޠީނުގެ ރައްޔިތުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންވަނީ ފަންޑް ރައިޒިންގ ޕްރޮގްރާމެއް ވެސް ހިންގާފައެވެ. އެގޮތުން މިދިޔަ މެއި މަހުގެ 30ން ޖޫން 5 ވަނަ ދުވަހުގެ ނިޔަލަށް ވެމްކޯގައި މިވަގުތު ކުނިނެގުމުގެ އޮފަރޭޝަން ހިންގާ ހުރިހާ ސައިޓުތަކެއްގައި ފަންޑް ފޮށިތައް ބަހައްޓާފައިވެއެވެ.

އައިއޭސީއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ "ލޯތްބާއެކު"ގެ ޚާއްސަ ކެމްޕޭން ވެސް ޖޫން 5ގައި ވަނީ ނިންމާލާފައެވެ. މި ކެމްޕޭނުން 8.48 މިލިއަން ރުފިޔާ ވަނީ އެއްކުރެވިފައެވެ. މި ކެމްޕޭންގެ ދަށުން ލިބުނު އެހީގެ ފުރަތަމަ ގާފިލާ ގާޒާއަށް ގޮސްފައިވާއިރު، އިތުރު ގާފިލާތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ގާފިލާގައި 730,000 ދިވެހި ރުފިޔާގެ އިމަޖެންސީ އެހީ ހިމެނެއެވެ. އެންމެ ގަދަޔަށް ހަމަލާދިން ގާޒާގެ ދެކުނުގައި އޮންނަ "ބައިތު ހަނޫން" އަށް ބޮން އެޅުމުގެ ސަބަބުން ކަރަންޓު ނުލިބި، ފެން ލިބުމުން މަހްރޫމުވެފައި ތިބި ރައްޔިތުންނަށް މޯޓަރު މެދުވެރިކޮށް ފެން ނަގާ މެޝިނަށް ކަރަންޓް ފޯރުކޮށްދިނުމަށް 7،000 ލީޓަރުގެ ތެޔޮ ވަނީ ފޮނުވާފައެވެ.

މި އެހީގެ ސަބަބުން މި ޙާލުގައި އުޅޭ ފަލަސްތީނުގެ 70،000 ރައްޔިތުންނަށް ފެނުގެ ޔަޤީންކަން ލިބިގެންދާނެއެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް 90 ކަޅުހަމާއި 500 އާއިލާއަށް އެއް މަސްދުވަހަށް ވާވަރަށް ކާބޯތަކެތީގެ ޕެކޭޖްތައް އަދި 60 މެޑިކަލް މުއައްޒަފުންނަށް ބޭނުންކުރެވޭވަރުގެ މެޑިކަލް ކިޓް ވަނީ ފޮނުވާފައެވެ. އަޒްހަދު ވިދާޅުވީ ގާޒާގެ ސިޓީ ކައުންސިލްއާ މިތަކެތި މިހާރު ހަވާލުކޮށްފައިވާ ކަމަށާއި ކައުންސިލްގެ ލަފާގެ މަތިން އެތަކެތި ބެހުމުގައި އައިއޭސީގެ ޕާރޓްނަރުން ހަރަކާތްތެރިވާނެކަމަށެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އަކީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ގިނަ ޖަމްޢިއްޔާތަކެއް އެކުވެގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016 ވަނަ އަހަރު ރާއްޖޭގައި ފެށި ހަރަކާތެކެވެ. މި ކެމްޕެއިނުންވަނީ ސީރިޔާގެ އެކިސަރަހައްދުތަކާއި ރޮހިންޔާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ. 

- ކޮމެންޓް