ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 17:32
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ރާއްޖެއެމްވީ
އެޗްޑީސީ
އެޗްޑީސީން ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ފުރުސަތު ހުޅުވާލައިފި
14 ޖޫންގެ 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވޭ
ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ

ހައުންސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޖޫންގެ 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހުޅުމާލެ އަކީ ހުރިހާ ގޮތަކުން ވެސް ކުރިއަރާފައިވާ އަވަށަކަށް ހަދާ ސްމާޓް ސިޓީއެއްގެ ކުލަވަރު ޖެއްސުމަށް ގިނަ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކޮށް އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ފަރާތުން ސޮފްޓްވެއަރ ޑިވެލޮޕާސްގެ ޕޫލެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ޑިވެލޮޕަރުންނަށް ފުރުސަތުތައް އިތުރުކޮށްދީ އެ ކޯޕަރޭޝަންގެ މަސައްކަތްތަކުގައި ގިނަ ފަންނީ ދިވެހިން ބައިވެރި ކުރުން ކަމަށެވެ.

އެ މަސައްކަތަކީ އެ ކޯޕަރޭޝަންގެ ޚިދުމަތްތަކާއި ފަންނީ އެހީތެރިކަން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފަށާފައިވާ ގޯ ބިޔޯންޑް ހުޅުމާލޭގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށާއި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އެ ކޯޕަރޭޝަނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ޕޫލް އެކުލަވާލުމުގައި އެފަދަ ފަރާތްތަކަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގައި އެކުލަވާލާ ޓީމުގެ މެމްބަރުންނަކީ ދިވެހިން ކަމުގައިވާން ޖެހޭނެ ކަަމަށާއި ނަމަވެސް ކޮންސަލްޓަންސީގެ ގޮތުގައި ބޭރު ފަރާތްތައް ހިމެނިދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. މިކަން މިގޮތަށް ކަނޑައެޅިފައިވަނީ ދާއިރާގައި މަސައްކަތް ކުރުމުން އަންނަ ގިނަ ދިވެހިންނަށް ފުރުސަަތުތައް އިތުުރު ކުރުމަށް ކަމަށް ބުނެއެވެ.

- ކޮމެންޓް