ކ. މާލެ
|
4 ޖޫން 2021 | ހުކުރު 19:20
ފައިޒަރ ވެކްސިން
ފައިޒަރ ވެކްސިން
ފައިޒާ ވެކްސިން
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ކާމިޔާބު
މި ޓްރަޔަލްސް ތަކުގައި 2000 ކުދިން ވަނީ ބައިވެރިވެފައި

އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ކާމިޔާބު ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ މެޑިސިންގ ރެގިއުލޭޓަރ، މެޑިސިން އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިޔުލޭޓަރީ އެޖެންސީން ކުރިޔަށް ގެންދިޔަ ޓްރަޔަލަސް ތަކަށްފަހު އެ އިދާރާއިން ބުނީ، އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް މި ވެކްސިން ދޭން ފެށުމާމެދު ގޮތެއް ނިންމާނީ އެގައުމުގެ ވެކްސިން އެންޑް އިމިޔުނައިޒޭޝަން ކޮމެޓީން ކަމަށެވެ. އަދި ފައިޒާ ވެކްސިންގެ ޓްރަޔަލްސްތަކުން ދައްކާ ގޮތުން އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ކާމިޔާބު ކަމަށެވެ.

އެ އިދާރާއިން ގެންދިޔަ ޓްރަޔަލްސްތަކުގައި 2000 ކުދިން ބައިވެރިކުރިއިރު، ވެކްސިންގެ ފަހުން އެ ކުދިންގެ ގައިން އެންޓިބޮޑީޒް ފެންނަ މިންވަރު ހުރީ އުމުރުން 16 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންގެ ގައިން އެންޓިބޮޑީޒް ފެންނަ މިންވަރަށް ކަމަށާއި، އެއީ ލިބުނު ކާމިޔާބީއެއް ކަމަށް ވަނީ ބުނެފައެވެ.

12 އަހަރުން މަތީގެ ކުދިންނަށް މި ވެކްސިން ދިނުމަށް އިނގިރޭސިވިލާތުން ތައްޔާރުވަމުން އަންނައިރު، އެމެރިކާއިން ވަނީ އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދު ކުދިންނަށް ފައިޒާ ވެކްސިން ދޭން ފަށައިފައެވެ. މީގެ އިތުރުން ޖަރުމަނާއި ފްރާންސްއިން ވެސް އަންނަނީ އެ އުމުރުގެ ކުދިންނަށް ވެކްސިން ދޭން ފަށަން ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް