ކ. މާލެ
|
2 ޖޫން 2021 | ބުދަ 20:10
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު
ރާއްޖެއެމްވީ
ގާޒީ ހުޒައިފާގެ މައްސަލަ
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި
2019 ވަނަ އަހަރުވެސް ހުޒައިފާގެ ސުލޫކީ މައްސަލައެއް ހުށަހެޅުނު
މައްސަލަ ބަލަން ނިންމީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު
މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވަނީ ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައި

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާ ގުޅޭ ގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅިފައިވާ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީގެ ޤާނޫނުގެ 22.1 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ"އަށް، ހުޒައިފާއާ މެދު ހުށައެޅުނު މައްސަލަ ބަލަން ނިންމީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭރު ހުޒައިފާއަށް ވަނީ ސުލޫކީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމުގެ ނޯޓިސްވެސް ދީފައެވެ.

ނަމަވެސް މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ބުދަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލަ ސާބިތުނުވާ ކަމަށް ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާއިރު، 2019 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުވެސް ހުޒައިފާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށައެޅުނެވެ. އެގޮތުން އޭރު ޖޭއެސްސީއަށް ހުށައަޅާފައިވާ މައްސަލައަކީ، ފެމިލީ ކޯޓުގެ މުވައްޒަފެއްގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަން މަސައްކަތް ކުރުމުގެ އިތުރުން އެ މުވައްޒަފު ފްރޭމް ކުރަން އުޅުމުގެ މައްސަލައެވެ.

ނަމަވެސް އެ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށް ވާތީ އެ މައްސަލަ ނުބަލަން އޭރު ކޮމިޝަނުން ވަނީ ނިންމާފައެވެ.

- ކޮމެންޓް