ކ. މާލެ
|
2 ޖޫން 2021 | ބުދަ 13:59
ރައްޔިތުންގެ މަޖިލިސް -  މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ޙާޒިރުކޮށް މިމައްސަލަ ވީހާވެސް އަވަސް ފުރުސަތެއްގައި ބެލުމަށް
ރައްޔިތުންގެ މަޖިލިސް - މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ޙާޒިރުކޮށް މިމައްސަލަ ވީހާވެސް އަވަސް ފުރުސަތެއްގައި ބެލުމަށް
ރައްޔިތުންގެ މަޖިލިސް
ނިޔާވި ކުޑަ ކުއްޖާގެ މައްސަލަ މަޖިލީހަށް
ނިޔާވި 10 އަހަރުގެ ކުއްޖާގެ މައްސަލަ މަޖިލީހަށް ވައްދައިފި
 
އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ކުއްޖާ ހާލު ދެރަވެގެން އެޗް.ޕީ.އޭ އަށް ގުޅުމުން އެމްބިއުލެންސް އަސްފައިވަނީ 2 ގަޑި އިރާއި 20 މިނެޓް ފަހުން
 
ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގާދިޔަ ފުރަތަމަ ފަހަރެއް ނޫން
 
ޒިންމާ ނަގަން ޖެހޭ ފަރާތްތަކާ ސުވާލު ކުރެވެންޖެހޭ

ނިޔާވި 10 އަހަރުގެ ކުއްޖާގެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހަައިތަމް ވެއްދި މި މައްސަލައިގައި ބުނެފައިވަނީ، މިކަން މިގޮތައް ތަކުރާރު ވަމުންދާ ސަބަބު ދެނެގަތުމަށާއި، ސިއްހީ ފަރުވާ ލިބުން ލަސްވާ ސަބަބާއި މިކަން މިއަށް ވުރެން ފަރުވާތެރި ކަމާއެކު ނުގެންދެވޭ ސަބަބު ދެނެގަންނަން ޖެހޭ ކަމަށެވެ. މާލޭގެ އާބާދީއާ އެކަށީގެން ވާވަރަށް ޚިދުމަތް ދެވޭނެ އަދަދަށް ސިއްހީ އާލާތްތަށް ހުރިތޯ ބެލުން އަދި މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކާ ސުވާލު ކުރެވެންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މި ކަމުގެ ސަބަބުން އިތުރު ފުރާނަތަކެއް ގެއްލިގެން ދިޔުމުގެ ކުރިން މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ޙާޒިރުކޮށް މި މައްސަލަ ވީހާވެސް އަވަސް ފުރުސަތެއްގައި ބެލުމަށް ވެސް އެދިފައިފައިވެއެވެ.

މިއީ މިގޮތަށް ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގައިދިޔަ ފުރަތަމަ ފަހަރެއް ނޫން ކަމަށާއި، ކޮވިޑް 19 ގެ ކުރިން ވެސް ރައްޔިތުންގެ ފަރާތުން ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން އެތައް ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މި މަހުގެ 1 ވަނަ ދުވަހު ނިޔާވީ ހދ. ކުޅުދުއްފުށީ ލާޖަހާގޭ ފާތިމަތު މިޝްކާ ނިޔާވެފައިވަނީ ވެސް މިފަދަ ހާދިސާއެއްގެ ސަބަބުންނެވެ. އެ ކުއްޖާގެ އާއިލާއިން ބުނިގޮތުގައި، އެ ކުއްޖާގެ ހާލު ދެރަވެ އެޗްޕީއޭއަށް ގުޅައި އެންގީ 31 ވަނަ ދުވަހުގެ ރޭ 9 ޖެހި އިރުއެވެ. އެތައް ފަހަރަކު ގުޅައިގެން އެދުމުން ވެސް އެޗްޕީއޭއިން ބުނީ "މެޑިކަލް ޓީމަށް ގުޅައި އަންގައިފި" ކަމަށެވެ. އެހެންނަމަވެސް ދެ ގަޑި އިރު ވެގެން ދިޔަ އިރު ވެސް އެމްބިއުލާންސް ނާންނަ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. ކޮވިޑް-19 ޕޭޝަންޓެއް ކަމުން އައިޖީއެމްއެޗުން ވެސް ފަރުވާދޭން އެއްބަސް ނުވި ކަމަށާއި އެންމެ ފަހުން އެޗްޕީއޭއިން އެމްބިއުލާންސް ފޮނުވީ ދެ ގަޑި އިރު ފަހުން އެ ރޭ 11:30 ހާއިރު ކަމަށް ބުނެފައިވެއެވެ.

އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ކުއްޖާގެ ހޭ ވެސް ނެތްކަމަށާއި ކުއްޖާ އޮތީ ހުއްޓިފައި ކަމަށެވެ. އެމްބިއުލާންސް ފޮނުވުމުގައި ލަސްވި ކަމަށް ހެލްތު މިނިސްޓްރީން އިއުތިރާފުވެފައިވާއިރު، ކޮވިޑް-19 ރާއްޖޭގައި އެންމެ ފުރަތަމަ ފެތުރެން ފެށި އިރު ވެސް އެ މައްސަލަ ފެންމަތިވިއެވެ. ކޮވިޑް-19 ރެސްޕޮންސް ޓީމުގައި އައިޖީއެމްއެޗްގެ އެމްބިއުލާންސްތައް ބޭނުންކުރަމުން އަންނައިރު ބަލި މީހުން އުފުލުމާއި ނިޔާވާ މީހުން އުފުލުމަށް ވެސް ގެންގުޅެނީ އެއް އެމްބިއުލާންސްތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
50%
0%
0%
0%
ކޮމެންޓް