ކ. މާލެ
|
30 މެއި 2021 | އާދީއްތަ 16:58
ސިޓީ ކައުންސިލްގެ އޮޑިޓް ހެދުން - ހޭވި ހަޑި އަލުން ރީތިކުރުންފަދަ ކަމެއް
ސިޓީ ކައުންސިލްގެ އޮޑިޓް ހެދުން - ހޭވި ހަޑި އަލުން ރީތިކުރުންފަދަ ކަމެއް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މަގޭ އޮޑިޓް!
 
އޮޑިޓްގެ ނަމުގައި މުއިއްޒު އުޅުއްވަނީ ރިހޭ ފައި މައްޗަށް ފޮއި ވައްޓަން
 
ވަންނާނެ ތަނެއް ނުދައްކައި ކައުންސިލަރުންނާއި މުވައްޒަފުން މަގުމަތިކޮށްލި
 
މުއިއްޒުގެ މިނިސްޓަރުކަމުގައި މާލެ ސިޓީ ބިކަކޮށް ކުދިކުދިކޮށްލި

ތަންތަނުގެ އޮޑިޓް ހަދަނީ އެތަނެއްގެ ކަންކަން ހިނގާފައިވާ ގޮތާއި ޚަރަދު ބަރަދު ކުރި ގޮތާއި ތަނުގެ ހާލަތު ދެނެގަތުމަށެވެ. އަދި ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ އެކަންކަން ރަނގަޅު ކުރާށެވެ. ނަމަވެސް ވުޖޫދުން ފޮހެލަން މަސައްކަތް ކުރި ތަނެއްގެ އޮޑިޓެއް ހެދޭނެ ހެއްޔެވެ.

ދައްކަން މިއުޅެނީ 7 އަހަރު މިނިސްޓަރުކަމުގައި އިންނަވައިގެން ކުރީގެ ހައުސިން މިނިސްޓަރު ބޭނުންހާ ގޮތަކަށް ކުޅިގަނޑު އަނބުރާ ނުލެވިގެން ޖެހި ސަކަރާތެއްގެ އޮޑިޓް އަމިއްލައަށް ހަދާ ވާހަކައެވެ.

މާލޭގެ މޭޔަރުކަމަށް ވަޑައިގެން ދެފައި އެއްތާކު ހަރުނުލައިގެން ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން މާލޭގެ ސަރުދާރު ހެދިގެން އުޅުއްވާ މިހާރުގެ މާލޭގެ މޭޔަރު އޮޑިޓެއް ހައްދަވާ ވާހަކަ ދެއްކެވީމަ އަޅުގަނޑު ހިތަށްވެސް އެރިއެވެ. އެތަނުގެ އޮޑިޓެއް ހަދަން އުނދަގޫ ކަމަކަށް ނުވާނެއެވެ. 7 އަހަރު ދުވަސް ވަންދެން ރޭޕްކުރި މާލެ ސިޓީގެ އޮޑިޓެއް ހެދުމާއި ގުޅޭ ގޮތުން މުއިއްޒު ވިދާޅުވެފައިވަނީ މަސައްކަތް ރަނގަޅަށް ފެށިގެންދާއިރު ކައުންސިލް އޮތް ހާލަތު ރަނގަޅަށް އެނގުމަކީ ކުރިމަގު ބައްޓަންކުރުމުގައި މުހިއްމުކަމެއް ކަމަށެވެ. ވުމާއެކު، ހާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދަން ގަސްދުކުރައްވާ ކަމަށާއި، މިކަން ކޮށްދޭނެ ފެންވަރު ރަނގަޅު ފަރާތެއް ހޯދަން ވަރަށް އަވަހަށް ގެޒެޓު ކުރެވޭނެ ކަމަށެވެ.

އަޅުގަނޑުގެ އަމިއްލަ މިނިވަން ފާރމުން މި އޮޑިޓް ހަދާލާނަމެވެ. ފެންނަ ހުރި ލިޔެކިޔުންތަކާއި ޑޮކިއުމެންޓްތައް ހުރީ ނޫސް މަޖައްލާތަކާއި މީޑިއާތަކުގެ އާކައިވްގައެވެ. 2015 ވަނަ އަހަރު އެޕްރީލް މަހުގެ ތެރޭގައި މުއިއްޒު އިސްވެ ހުރެ ސިޓީ ކައުންސިލް ރޭޕްކޮށް މަގުމަތި ކޮށްލިއެވެ. މިއީ އޮޑިޓުން އެންމެ ފުރަތަމަ ފެންނަން އޮންނާނެ ކަންތަކެވެ. ދައުލަތުގެ އިދާރާއެއްގެ ލިޔެ ކިޔުންތަކުގެ ތެރެއިން އެއްބައި އަދިވެސް ނުފެނެއެވެ. އަނެއްބައި ގެންދިޔައީ މުއިއްޒުގެ ބެލުމުގެ ދަށަށް ވަކި ފެކްޝަނެއް ހަދާށެވެ. އޮޑިޓުން ފާހަގަވި އަނެއް ކަމަކީ މިއެވެ.

ދެން މާލޭގެ ހުރިހާ ކައުންސިލަރުން ކުޑަ ގޮޅިއަކަށްލައި ބާރުތައް އަތުލައި އެ ބާރުތައް ނަހަމަ ގޮތުގައި މުއިއްޒު ބޭނުން ކުރިކަން މި އޮޑިޓުން ފާހަގަވެއެވެ. ސިޓީ ކައުންސިލުން މާލޭގެ ދޮޅުލައްކައަށްވުރެ ގިނަ ރައްޔިތުންނަށް ޚިދުމަތް ކުރަންޖެހުނީ ނާށިގަނޑެއް ހިފައިގެންނެވެ. މިވެސް އޮޑިޓުން ފާހަގަވި ކަންތަކެވެ.

އަދި ނުވިތާކަށް ސިޓީ ކައުންސިލްގެ ބާރު އަތުލާ ވަސީލަތްތަކާއި ތަކެއްޗާއި ސާމާނު އަތުލާ އެންމެ ފަހުން ސިޓީ ކައުންސިލުން މާލޭގައި ހައްދާފައި ހުރި ގަސްތަކުގެ ކުޑަ ބޮޑުމިނާއި ވަށަމިނާއި ފަލަމިން ފޫޓް ފީތާއަކުން ނަގަން ޖެހުނު ވާހަކަވެސް މި އޮޑިޓް ގައި ހިމަނާލާނަމެވެ.

އަދި ނިމުނީކީ ނޫނެވެ. ވިހާ މަރުވާގެ ކަންކަން ވެސް މުއިއްޒު ގެންދިޔަ ކަން މި އޮޑިޓްގައި ފާހަގަކޮށްލާނަމަވެ. ދަފްތަރުވުމުގެ ކަންކަން ގެންދިޔަ ނުގެންދިޔަ ގޮތެއް ނޭގި އެ ސެކްޝަނުގެ މުވައްޒަފުންނާއި ލިޔެކިޔުންތައް ވެސް ދަމަކު ބަޑިއެއް ޖެހިހެން ގެންގޮސް ފުލެޓް ބަހަން މުއިއްޒު ލިސްޓް ހެދި ވާހަކަ ވެސް މި އޮޑިޓްގައި ފާހަގަކޮށްލާނަމެވެ. މިހެން މިހެން ގޮސް ނަން ހުސްކޮށް އޮޑިޓްގައި ފާހަގަ ކުރެވޭނެ ކަންކަމުގެ ލިސްޓް ކިޔަން ވެއްޖެއްޔާ މާދަމާއަށް އިރު އަރާ އަނެއް ރޯދައަށް ހަނދު ބަލަން ޖެހޭ ހިސާބަށް ގޮސްދާނެއެވެ.

އޮޑިޓް ނިންމާލަމުން ފާހަގަކުރަން އޮތީ ދައުލަތުގެ އިދާރާއެއް ފޫއަޅުވާލާ ރޭޕްކޮށްލާ މަގުމަތިކޮށްލާ ނުވިތަނަކުން އެތަނުގެ ލިޔެ ކިޔުންތައް އުކާލާ މުޅި މާލެއަށް މާލެ ސިޓީ ކުދިކުދިކޮށް ކުދި ގޮޅިތަކަށް ކޮށްޕާލިކަން މި މިނިވަން އޮޑިޓް ފާމަށް ފާހަގަ ކުރެވުނެވެ. އޮޑިޓުން ރަނގަޅު ކުރަން ހުރި ކަންކަމަށް ބަލާ އިރު، މުއިއްޒު ހޭވި ހަޑި ފުރަތަމަ ސާފު ކުރަން ޖެހެއެވެ. އަދި މާލެ ސިޓީ ކައުންސިލާއިމެދު ކަންކުރިގޮތަށް ބަލާފައި މުއިއްޒު ލަދުވެތިވާން ޖެހޭކަމަށް މި އޮޑިޓް ފާމުން ދެކެމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
6%
28%
0%
61%
6%
0%
ކޮމެންޓް
30 މެއި 2021 | އާދީއްތަ 18:24
ސަނައްޓޭ
ހެހެހެހެ.. ކަލޭ އަށް ހާދަ ވަރެއްވެޔޭދޯ. ހަމަ މުއިއްޒު މޭޔަރަކީ
30 މެއި 2021 | އާދީއްތަ 17:35
ރާގުންޑާ
އުމުެު ހޭދަކުރިޔަސް މުއިއްޒުއާ އަރާ ހަމަނުކުރެވޭނެ ގުންޑާއިންނަށް. ކޮބާތަ ބަނަސް! މަރުވީތަ އެސޮރު! ކެކެކެ އަސަރު ކުރާވަރުން ކެތްނުވޭ އޮތަ! ހަމަ އަންނަނީ ހިނި!
30 މެއި 2021 | އާދީއްތަ 17:28
ބޭބެ
ވަރަށް ހިތާމައާއި އެކު ބުނެލަން މިހާރު ވަރަށް ބޭދަބީ ބަސްމަގު ބޭނުން ކުރުމަކީ ވަރަށް ހުތުރުކަމެއް..މުއިއްޒަށް ސަޕޯޓް ކުރަނީ ކީނުން އެހެން ނަމަވެސް ސުޕީޑް އެބަފެނޭ....ނެގިމަޑުވުން ކަމަކު ނުދޭ އަމިއްލަ ޕާޓީ ވިޔަސް..