ކ. މާލެ
|
28 މެއި 2021 | ހުކުރު 15:39
ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ތައްޔާރުވުމުގެ ތެރެއިން
ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ތައްޔާރުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް ބަލީގައި މީހަކު ނިޔާވުން
ރާއްޖެއިން ކޮވިޑް ބަލީގައި 155 ވަނަ މީހަކު ނިޔާވެއްޖެ
ކޮންމެ ދުވަހަކުވެސް ހާހަކަށްވުރެ ގިނަ މީހުން އެވްރެޖްކޮށް ބަލި ޖެހިގެން ދަނީ ރިޕޯޓު ކުރަމުން
މި މަހުގެ 24 ވީ ހޯމަ ދުވަހު ޖުމްލަ 13 މީހަކު ވަނީ ނިޔާވެފައި
ހުކުރު ދުވަހު އެކަނިވެސް މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 4ށް އަރާފައި

ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 155 ވަނަ މީހާއެވެ.

ހުކުރު ދުވަހު އިތުރު 3 މީހަކު މި ބަލީގައި ނިޔާވެފައިވެއެވެ. އެއީ ހުކުރު ދުވަހުގެ ހެނދުނު 10:53 ގައި ޑީއެޗް-11 ގައި ނިޔާވި އުމުރުން 69 އަހަރުގެ ދިވެހި އަންހެނަކާއި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 54 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނެކެވެ. އެއާއެކު ހުކުރު ދުވަހު އެކަނިވެސް މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 4ށް އަރާފައެވެ.

ރާއްޖެއިން ފެންނަމުންދާ ކޮވިޑު ކޭސްތަކުގެ އަދަދުތައް އިތުރުވެފައިވާއިރު، ކޮންމެ ދުވަހަކުވެސް ހާހަކަށްވުރެ ގިނަ މީހުން އެވްރެޖްކޮށް ބަލި ޖެހިގެން ދަނީ ރިޕޯޓު ކުރަމުންނެވެެ. އަދި ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު މި ބަލީގައި ނިޔާވަމުންދާއިރު، މި މަހުގެ 24 ވީ ހޯމަ ދުވަހު ޖުމްލަ 13 މީހަކު ވަނީ ނިޔާވެފައެވެ. މިއީ ވައިރަސް ޖެހިގެން އެއްދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުން ނިޔާވި ދުވަހެވެ.

ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އައިސީޔޫގައި ފަރުވާ ދޭން ޖެހޭ ޒުވާނުންގެ ނިސްބަތް ގިނަކަން އެޗްއީއޯސީގެ ޑޮކްޓަރުން ފާހަގަކުރައްވާފައިވެއެވެ. ކުރިއާ ޚިލާފަށް މިހާރު އައިސީޔޫގައި އޮވެ އަލާމާތްތައް ފެންނަތާ 10 ދުވަހުގެ ތެރޭގައި ބަލިމީހާގެ ހާލު ސީރިއަސްވާކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

- ކޮމެންޓް