ކ. މާލެ
|
27 މެއި 2021 | ބުރާސްފަތި 12:21
ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން
ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
މިކްސްޑް ޔޫސް ރެސިޑެންޝަލްއެއް އިމާރާތްކުރުން
ހުޅުމާލޭގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
 
ޖުމްލަ 24,098.22 އަކަފޫޓު ހުންނަ މި ބިމުގައި 116 ޔުނިޓް އިމާރާތް ކުރެވިގެންދާނެ
 
މިއީ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވާލެވުނު ޕްރޮޖެކްޓެއް
 
މިމަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމާއި ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ހުޅުމާލެ ފޭސް 1 ޕްލޮޓް ނަމްބަރު S1/1 ގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއި އެކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.

ބުދަ ދުވަހު ވާޗުއަލްކޮށް ބޭއްވުނު މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދުއެވެ. އަދި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރްއެފްޕީއަށް ހުޅުވާލެވުނު ޕްރޮޖެކްޓެކެވެ. ޖުމްލަ 24,098.22 އަކަފޫޓު ހުންނަ މި ބިމުގައި 116 ޔުނިޓް އިމާރާތް ކުރެވިގެންދާނެއެވެ. މީގެތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި އެންމެ ބޮޑުއަގެއްގެ ގޮތުގައި އަކަފޫޓަކަށް 1.800 ދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެވެ. އަދި ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތައް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މިގޮތަށް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ގާއިމު ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުންކަން ފާހަގަކޮށް އެޗްޑީސީން ބުނީ މި މަޝްރޫއުގެ ޑީޓެއިލް ޑްރޮވިންގ އެޕްރޫވްވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި ނިއްމުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް އެކި ފަންތީގެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހުޅުމާލޭގައި އެޗްޑީސީގެ ފަރާތުން ދަނީ ހިންގަމުންނެވެ. އަދި މި ފުލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ޚިދުމަތްތައް އެންމެ ޒަމާނީ ފެންވަރުގައި ގާއިމުކޮށްދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ގިރާވަރު ފަޅުގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއްގެ ވާހަކަ ރައީސް ދެއްކެވި އިރު އެކަން އޮތީ ޕްލޭން ކޮށްފައި - އަކްރަމް
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް