ކ. މާލެ
|
26 މެއި 2021 | ބުދަ 15:15
ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއްރައްޒާގު
ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއްރައްޒާގު
ރާއްޖެއެމްވީ
ގަތަރަށް ނޮން ރެޒިޑެންޓް ސަފީރަކު އައްޔަންކުރުން
ގަތަރަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އުމަރު އަބްދުއްރައްޒާގަށް މަޖިލީހުން ރުހުން ދީފި
ނޮން ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް ގަސްތުކުރެއްވި ބޭފުޅުންނާމެދު ކުރިން ވެސް މަޖިލީހުގެ މަޝްވަރާ ވަނީ ހޯއްދަވާފައި
އުމަރު އަބްދުއްރައްޒާގަށް ރުހުން ދީފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުން

ގަތަރަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް، މިހާރު ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއްރައްޒާގު އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އުމަރު އަބްދުއްރައްޒާގަށް ރުހުން ދީފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

ގަތަރަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކޮށްފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއްރައްޒާގު ގަތަރަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް ހަމަޖެއްސުމަށް ގަސްތުކުރައްވާ ކަމަށެވެ. އަދި މިކަމާމެދު މަޖިލީހުގެ މަޝްވަރާ ހޯއްދަވައި، މަޖިލީހުން ނިންމެވި ގޮތް އަންގަވައި ދެއްވުމަށް އެދޭ ކަމަށެވެ.

ރައީސް ވަނީ މީގެ ކުރިން ވެސް އެކި ގައުމުތަަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް ގަސްތުކުރެއްވި ބޭފުޅުންނާ މެދު މަޖިލީހުގެ މަޝްވަރާ ހޯއްދަވާފައެވެ. މި މައްސަލަތައް ދިރާސާ ކުރުމަށް ފަހު މަޖިލީހުން ވަނީ ފަލަސްތީނުގެ އިތުރުން 13 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރުހުން ދީފައެވެ.

އަދި އޮސްޓްރޭލިއާ އަދި ސައުތު އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އުމަރު އަބްދުއްރައްޒާގު ހަމަޖެއްސުމަށް 39 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ވަނީ ރުހުން ދީފައެވެ.


Advertisement
- ކޮމެންޓް