ކ. މާލެ
|
26 މެއި 2021 | ބުދަ 08:39
މަމެން
މަމެން
ދިރާގު
މަމެން
މިހާރު މަމެން ޑޭޓާ-އެޑްއޮންސް ތަކުން 50 އިންސައްތަ ޑިސްކައުންޓް
މަމެންގެ ބައެއް ޑޭޓާ އެޑް އޮންތަކުން 30 ޖޫން 2021ގެ ނިޔަލަށް ޑިސްކައުންޓް ލިބިގެންދާނެ

ދިރާގުން މަމެން ޑޭޓާ އެޑް-އޯންސް ތަކުން އަނެއްކާވެސް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން 50 އިންސައްތަ ޑިސްކައުންޓް މަމެންގެ ބައެއް ޑޭޓާ އެޑް އޮން ތަކުން 30 ޖޫން 2021ގެ ނިޔަލަށް ލިބިގެން ދާނެ ކަމަށް ދިރާގުން ބުންޏެވެ.

ޑޭޓާ އެޑް-އޯންސް ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން މޮބައިލްއެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޯންސްތައް ބަލާލެވޭނެއެވެ. އެގޮތުން މަމެން 2ޖީބީ، 3ޖީބީ، 6ޖީބީ އަދި 12ޖީބީގެ އެޑް-އޯންސްތަކުން ޑިސްކައުންޓް ލިބޭނެއެވެ. ޕެކޭޖްތަކުގެ އަދަދު ދައްކާފައިހުންނާނީ "އާރބީ" އިންނެވެ. އަދި ޕެކޭޖް ގަތުމާއެކު "އާރބީ"ގެ ބެލެންސުން ކެނޑިގެން ދާނެއެވެ. ހުރިހާ ކަސްޓަމަރުން ވެސް އެޑްއޯންސް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް. އެމް. އެސް ކޮށްގެން ނުވަތަ *142# އަށް ގުޅާލައިގެން ބަލައިލެވޭނެއެވެ. 

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދާފައިވާ އެޕްލިކޭޝަނެކެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ޒުވާނުންގެ ޑިޖިޓަލް ތަޖުރިބާ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

- ކޮމެންޓް