ކ. މާލެ
|
26 މެއި 2021 | ބުދަ 07:23
ކޮވިޑްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ފޮނުވަން ތައްޔާރުވަނީ
ކޮވިޑްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ފޮނުވަން ތައްޔާރުވަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
އަންގާރަ ދުވަހު ޓެސްޓް ކުރި 4030 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 1004 މީހުން
މި 24 ގަޑި އިރު ތެރޭގައި ޓެސްޓް ކުރީ 4030 ސާމްޕަލް

އަންގާރަ ދުވަހު 1004 މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ހަވީރު 6:00ން އަންގާރަ ދުވަހުގެ ހަވީރު 6:00ށް ނެގުނު 4030 ސާމްޕަލް، ބެކްލޮގް ހިމެނޭ ގޮތަށް ޓެސްޓް ކޮށްފައިވެއެވެ. އަދި މި 24 ގަޑި އިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ 1004 ސާމްޕަލް ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 835 މީހުންނެވެ. ރަށްރަށުން 153 މީހުން ޕޮޒިޓިވްވި އިރު، ރިސޯޓްތަކުން 12 އަދި ސަފާރީތަކުން 4 މީހަކު ޕޮޒިޓިވްއެވެ.

އަންގާރަ ދުވަހުގެ އަދަދުތަކާއެކު ރާއްޖޭގެ ޖުމްލަ އަދަދު ވަނީ 58،345ށް އަރާފައެވެ. އެކްޓިވް ކޭހުގެ އަދަދު 24،033 އެވެ. އޭގެތެރެއިންް 289 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. މިހާތަނަށް މި ބަލިން 34،159 މީހަކު ރަނގަޅުވެފައިވާ އިރު، 144 މީހަކު ވަނީ ނިޔާވެފައެވެ. ހޯމަ ދުވަހު އެކަނި ވެސް 13 މީހަކު ނިޔާވެފައިވެއެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޭސްތަކުގެ ތަފްސީލު ދެއްވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅު އަންގާރަ ދުވަހު ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ 240 ކުދިން ވަނީ ޕޮޒިޓިވްވެފައި ކަމަށެވެ. އަދި 60 އަހަރުން މަތީގެ 41 މީހަކު ވަނީ ޕޮޒިޓިވްވެފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މޮނިޓަރިންގައި 88 ރަށެއް ހިމެނޭ އިރު، އަންގާރަ ދުވަހު އއ. ތޮއްޑޫ އަދި ރ. ދުވާފަރު ވަނީ މޮނިޓަރިންއަށް ލެވިފައެވެ.

- ކޮމެންޓް