ކ. މާލެ
|
24 މެއި 2021 | ހޯމަ 13:19
ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރައްވަނީ
ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރައްވަނީ
މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަން
މެޑަމް ފަޒްނާ ފެސިލިޓީގައި ވޮލެންޓިއަރަކަށް
ރައީސްގެ އަނބިކަނބަލުން ކޮވިޑް ފެސިލިޓީގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ
 
ޚިދުމަތްތެރިންނާއި ދަރުމަވެރިންގެ މަސައްކަތް ޝުކުރުވެރިކަމާއެކު ރައްޔިތުން ބަލައިގަނޭ
 
އެވަގުތަކު ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ގެންދެވީ ކުރައްވަމުން
 
ޚިދުމަތް ކުރައްވަމުން ގެންދެވީ ރައީސްގެ އަނބިކަނބަލުން ކަމެއް ބަލި މީހުންނަކަށް ނޭނގޭ

ކޮވިޑް ފެސިލިޓީގައި މަސައްކަތްކުރާނެ ވޮލެންޓިއަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު ވޮލެންޓިއަރެއްގެ ގޮތުގައި ރަޖިސްޓްރީވެވަޑައިގެން އާދިއްތަ ދުވަހު ކޮވިޑް ފެސިލިޓީގައި 6 ގަޑި އިރު ވަނީ މަސައްކަތްކުރައްވާފައެވެ. ޕާސަނަލް ޕްރޮޓެކްޓިވް އިކުޕްމަންޓްސް (ޕީޕީއީ) ކިޓް އަޅުއްވައިގެން ފަޒްނާ ފެސިލިޓީގައި މަސައްކަތްކުރެއްވި އިރު އެތަނުގައި ތިބި ބަލި މީހުންނަށް އެއީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކަމެއް ނޭނގެއެވެ. އަދި އެކަމަނާ ވެސް އެތަނުގައި މަސައްކަތް ކުރެއްވީ ރަޖިސްޓްރީ ކޮށްގެން މަސައްކަތްކުރާ އާންމު ވޮލެންޓިއަރެއްގެ ގޮތުގައެވެ.

ފެސިލިޓީގައި ވޮލެންޓިއަރުން ގޮތުގައި ކުރެއްވި މަސައްކަތްޕުޅާ ބެހޭ ގޮތުން "ރާއްޖެއެމްވީ" އާ ވާހަކަދައްކަވަމުން ފަޒްނާ ވިދާޅުވީ ބަލި މީހުންނަށް ކާންދިނުމާއި، އެމީހުން އެދުމުން އެމީހުން ލައްވާ ނަމާދު ކުރުވުމާއި، އޮކްސިޖަން ފުޅި ހިފައިގެން އެމީހުންނާއެކު ދިޔުމާއި، ބަލި މީހާ އެދިއްޖެ ހާލަތެއްގައި ފައި އަދި ގައި މޮޑެދިނުމުގެ އިތުރުން އެމީހުން ކައިރީގައި އިނދެ ޤުރުޢާން ކިޔަވައި އެމީހުންގެ ބޮލުގައި ފިރުމައި ދިނުންފަދަ އަޅާލުމުގެ ގޮތުންކުރަންޖެހޭ ކަންކަން ކުރައްވާފައިވާނެ ކަމަށެވެ. މީގެ އިތުރުން ބަލި މީހުން ހިތްހަމަ ޖައްސައިދިނުމަށް އެމީހުންގެ ކައިރީގައި އިންނަވައި ވާހަކަ ދެއްކުމާއި، އެމީހުންގެ އުދާސްތަކުގެ ވާހަކަ އަޑު އެހުންފަދަ ކަންކަން ވެސް ހިމެނެވެ. އަދި އެހީތެރިއަކާ ނުލައި ތިބޭ ބަލި މީހުން އައިސީޔޫ އަށާއި އެހެނިހެން ދިމަ ދިމާލަށް ބަދަލު ކުރާއިރު، އެ ބަލިމީހާގެ އަންނައުނާއި އެހެނިހެން ސާމާނު ފަތްޖަހާ އެތަންތަނަށް ބަދަލުކޮށް ދިނުން ފަދަ ކަންކަން ވެސް ކުރެއްވި ކަމަށެވެ.

ވޮލެންޓިއަރެއްގެ ގޮތުގައި ފެސިލިޓީގައި ހޭދަކުރެއްވި ވަގުތުގައި ކުރެއްވުނު އިހުސާސްތަކާ ގުޅޭ ގޮތުން ފަޒްނާ ވިދާޅުވީ ވަރަށް ގިނަ ބަލި މީހުންނާ ބައްދަލުވެވަޑައިގެންނެވި ކަމަށާއި، އެއީ ވަރަށް އަސަރުކުރުވަނިވި ވަގުތު ތަކެއް ކަމަށެވެ. ރަޖިސްޓްރީ ކުރެއްވީ ހަފްތާއަކު ދެ ފަހަރު މަސައްކަތްކުރައްވާ ގޮތަށް ކަމަށްވީ ނަމަވެސް އާދިއްތަ ދުވަހު ވަޑައިގެން މަސައްކަތް ކުރެއްވުމުން އެތަނުގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން އިތުރަށް ބޭނުންފުޅުވެ ދުވަސް އިތުރު ކުރެއްވުމަށް މިހާރު އެދިވަޑައިގެންފައިވާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ. 

ރާއްޖޭގެ ރައީސުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ފަޒްނާ ފާހަގަ ކުރެވެނީ މީހުންނަށް އޯގާތެރި އިޖްތިމާއި ޚިދުމަތުގައި ޝާމިލުވެ އުޅުއްވުމަށް ޝައުގުވެރިވާ އަދި އެހެން މީހުންގެ އުދާސްތައް އަޑުއެއްސެވުމަށް އާދަޔާ ޚިލާފަށް ޝައުގުވެރިވާ ބޭކަނބަލެއްގެ ގޮތުގައެވެ.

ސިއްހީ ޚިދުމަތްތެރިން ކުރައްވަމުން އެގެންދަވަނީ ހަގީގަތުގައިވެސް ގައުމު ފަޚުރުވެރިވާފަދަ މަސައްކަތެކެވެ. ވަމުން އެގެންދަވަނީ ގައުމީ ގުރުބާނީއެކެވެ. އެއީ އަގު ވަޒަންނުކުރެވޭނެ ފަދަ މަތިވެރި ޚިދުމަތްތަކެކެވެ. ލޮލުން ދެކި އަތުން ހިފާ މީހުންގެ ހިތްތަކުގައި ސިއްހީ ޚިދުމަތްތެރިންނާމެދު ލޯބި ބަންޑުންވާނެއެވެ. އިންސާނިއްޔަތަށްޓަކައި އެ ޚިދުމަތްތެރިން ނުފޮރޮޅާކަށް އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ. ނުކުރެވޭނެޔޭ ނުކުރާނަމޭ އަކީ އޮންނަ ލަފްޒެއްވެސް ނޫނެވެ. މިކަންކަމުން ހިތްވަރު ލިބިގެން ވަރަށް ގިނަ ޒުވާނުންވެސް ގައުމީ މި ޚިދުމަތުގައި ދަރުމަޔަށް ބައިވެރިވަމުންދާކަމީ މިއަދު ފެންނަމުންދާ އުފާވެރި މަންޒަރެކެވެ.

ކޮމެންޓް
25 މެއި 2021 | އަންގާރަ 00:28
ކިނބޫ
ކޮވިޑާ ގުޅިގެން ލިބުނުހާ ލާރި ކައިފަ ވޮލަންޓިއަރއޯ! ހެޔޮ ވޮލަންޓިއަރ ނުކުރިއަކަސް.