ކ. މާލެ
|
24 މެއި 2021 | ހޯމަ 00:06
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ރާއްޖެއެމްވީ
ބްލެކް ފަންގަސް
ޝައްކުވި މީހާގެ ގައިން ފެނުނީ ބްލެކް ފަންގަހެއް ނޫން: އެޗްޕީއޭ
 
އެޗްޕީއޭއިން ބުނަނީ ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް
 
ރާއްޖޭގައި މި ބައްޔަށް ފަރުވާކުރާނެ ބޭހެއް އަދި ނެތް
 
ފެނިފައިވަނީ އެނދުމަތިވެފައިވާ ބަލި މީހުންގެ ގައިން ފެންނަ ކަހަލަ އިންފެކްޝަނެއް

ރާއްޖެއިން ބްލެކް ފަންގަސް އަށް ޝައްކު ކުރެވުނު ބަލި މީހާގެ ގައިން ފެނުނީ އެ ބަލި ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖެއިން ބްލެކް ފަންގަސް ފެނިފައިވާ ކަމަށް ބުނެ ފެތުރެމުންދާ މައުލޫމާތުތަކާ ގުޅިގެން އެޗްޕީއޭއިން ބުނީ ބަލި މީހަކު އެ ބައްޔަށް ޝައްކު ކުރެވުނު ކަމަށާއި، އެކަމަކު އެއީ އެ ބަލި ނޫން ކަން ޓެސްޓުތަކުން ހާމަވެފައިވާ ކަމަށެވެ. އެމީހާ ގައިން ފެނިފައި ވަނީ އާންމުގޮތެއްގައި އުމުރުން ދުވަސްވެ އެނދުމަތިވެފައިވާ ބަލި މީހުންގެ ގައިން ފެންނަ ކަހަލަ ފަންގަލް އިންފެކްޝަނެއް ކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖެއިން ބްލެކް ފަންގަސް ފެނިދާނެ ކަމުގެ ބިރު ހީވެފައި ވަނީ އިންޑިއާގައި މި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހިފައި ރަނގަޅުވާ ބައެއް މީހުންގެ ގައިން މި ބަލި ފެންނަމުންދާއިރު، ރާއްޖެއިން ވެސް ބަލި ފެނުން އެކަށީގެންވާ ކަމަށް ބެލެވެއެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ އެކަމަށް ސަމާލުވެ ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި މި ބައްޔަށް ފަރުވާކުރާނެ ބޭހެއް އަދި ނެތް ކަމަށާއި، އެކަމަކު ބަލި ފެންނަ ފަދަ ހާލަތަކަށް ދާންވާއިރަށް އެކަން ވެސް ފުރިހަކުރުމަށް މަސައްކަތްކުރާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނީ އެފަދަ ހުރިހާ ހާލަތަކަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އިންޑިއާގައި ކޮވިޑް-19 ބަލިން ރަނގަޅުވާ މީހުންގެ ގައިން ބްލެކް ފަންގަސް ފެނިފައިވާއިރު، މިހާރު އެ ގައުމުން ވަނީ ވައިޓް ފަންގަސްވެސް ފެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް