ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 15:56
މަގުމަތީގައި މޮބައިލް ފޯނު ހިފައިގެން ހުރި މީހެއް - ފޯނު ފޭރިގަތުން މިހާރުވަނީ އާއްމު ކަމަކަށް ވެފައި
މަގުމަތީގައި މޮބައިލް ފޯނު ހިފައިގެން ހުރި މީހެއް - ފޯނު ފޭރިގަތުން މިހާރުވަނީ އާއްމު ކަމަކަށް ވެފައި
ރާއްޖެއެމްވީ
މޯބައިލް ފޯނު ފޭރުން
މޯބައިލް ފޯނު ފޭރުން އާއްމުވެފައި
ފުލުހުންވަނީ ފޯނު ފޭރުމުގެ މައްސަލަތަކަށް އާއްމުން ސަމާލުވުމަށް ގޮވާލައްވާފަ
މިއަހަރުގެ މިހާތަނަށް 275 ފޭރުމުގެ މައްސަލަ ވަނީ ހުށަހެޅިފައި

މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތްތެރި ކަމަކީ، ގައުމެއްގެ އަމާންކަމާއި ހަމަޖެހުމާއި ގުޅިލާމެހިފައިވާ ކަމެކެވެ. ކޮންމެ ކަމެއްގައިވެސް ރީތި އުސޫލުތަކުން ކަންކަން ކުރުމަކީ މުހިއްމު ކަމެކެވެ. މި ފަހަކަށް އައިސް އެންމެ ބޮޑަށް މި މުޖުތަމައުގައި އެންމެ އާއްމުވެގެންދިޔައީ މަގުމަތިން ފޯނުފަދަ އަގުބޮޑު ތަކެތި ފޭރުމުގެ މައްސަލަތަކެކެވެ.

ފުލުހުންވެސް ވަނީ މިކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ފޭރުމުގެ މިފަދަ މައްސަލަތަކުގައި އާއްމުގޮތެއްގައި ފޯނުފަދަ ރައްޔިތުންގެ އަގުބޮޑެތި މުދާ ފޭރެނީ ނުވިސްނާ ހުންނަ ވަގުތުތަކުގަ އެވެ. އަދި މިފަދަ ކަންކަން ކުރާ މީހުން ދެނެގަތުމަށް އެތައް އުނދަގުލަކާއި ކުރިމަތިވެ އެވެ.

މިކުޑަކުޑަ މުޖުތަމައުގައި ވައްކަމުގެ މައްސަލަތައް އާއްމުވެފައިވާ އިރު، ގިނަ ފަހަރަށް މިފަދަ މައްސަލަތަކުގައި ފޭރޭ މީހާ އަތުލައިގަތުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.

ފޭރުމުގެ މައްސަލަތައް އާއްމުކޮށްދިމާވަނީ ގިނަ ފަހަރަށް ފޯނު އަތުން ހިފައިގެން ދާއިރު އާއި ސައިކަލް ތަކުގައި މަޑުކޮށްގެން ފޯނުން ވާހަކަ ދައްކާ ވަގުތުތަކުގަ އެވެ. މީގެ އިތުރުން މަގުމަތީގައި ހިނގާފައިދާ އިރު ފޯނާ ކުޅެމުން ދިއުމުގެ ސަބަބުންވެސް މިފަދަ ކަންކަން ދިމާވުމަށް މަގުފަހިވެ އެވެ. އަދި ބައެއް ފަހަރު ފޯނުކޮއްލުމަށް ކަމަށް ފޯނު ހޯދާ، ފޯނު އަތުލައިގެންދާ ގޮތް ދިމާވެ އެވެ.

އެއްވެސް ހާލެއްގައި މިއީ ހިނގައިގެންވާނެ ކަމެއް ނޫނެވެ. އަދި މިފަދަ ހަޑިމުޑުދާރު އަމަލުތައް ކުރާ ފަރާތްތައް އަތުލައިގަނެ، އެފަދަ ފަރާތްތަކަށް ކަނޑައެޅިފައިވާ ގާނޫނީ އަދަބު ދެވެން ޖެހެ އެވެ. އެހެން ނަމަވެސް ކުށްކުރާ މިފަދަ ފަރާތްތައް އުޅޭކަން ދެނެގަނެ، ކުށް މަދުކުރުމަށްޓަކާއި ކޮންމެ ރައްޔިތެއްވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަންޖެހެ އެވެ. އާއްމުގޮތެއްގައި މިފަދަ ހާދިސާތައް ހިނގަނީ، މަގުމަތީގައި ދޭންޖެހޭ ސަމާލުކަން ނުދިނުމާއި، އަމިއްލައަށް ކަންކަން ކުރުމުގައި ފަރުވާކުޑަ ކުރުމުގެ ސަބަބުން ނެވެ.

އާއްމު ރައްޔިތުން މަގުމަތީގައި މިހާރަށްވުރެ ސަމާލުކަންދީ، ފޯނާއި ކުޅެމުން މަގުމަތީގައި ނުހިނގުމާއި އަތުން ފޯނު ހިފައިގެންދާއިރުވެސް ސަމާލުވެ ތިބެން ޖެހެއެވެ.

މިފަދަ މައްސަލަ ހުށަހަޅާ އިރު މޯބައިލް ފޯނުގެ ސީރިއަލް ނަންބަރު ނުވަތަ އައިއެމްއީއާއި ނަންބަރު އެނގިފައި އޮތުމަކީވެސް ވަރަށް މުހިއްމު ކަމަށެވެ. މިކަމުގެ ސަބަބުން މައްސަލަތައް ބެލުމުގައި ފުލުހުންނަށްވެސް ފަސޭހަތައް ލިބިގެންދެ އެވެ. އާއްމުކޮށް މިގެންގުޅޭ މޯބައިލް ފޯނުތަކުގައި *#06# ޖެހުމުން އެ ފޯނުގެ އައިއެމްއީއައި ނަންބަރު އަންނާނެ އެވެ. ކުރިއާލާއި މި ނަންބަރު ނަގާފައި ބޭއްވުމަކީވެސް މިފަދަ މައްސަލަތައް ބެލުމުގައި ލިބިގެންދާނެ ފަސޭހަ އެކެވެ.

 ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ފޭރުމުގެ 275 މައްސަލައެއް މިއަހަރުގެ މިހާތަނަށް ވަނީ ރިޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު  ފޭރުމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ އަދަދަކީ، 716 އެވެ. މިއީ 2015 ވަނަ އަހަރާއި އަޅާއި ބަލާއިރު ގާތްގަނޑަކަށް 200 މައްސަލައިގެ އިތުރުވުމެކެވެ. އެއަހަރު ފޭރުމުގެ މައްސަލަތަކުގެ ގޮތުގައި ހުށަހަޅާފައިވަނީ 545 މައްސަލަ އެވެ.

ފުލުހުންނަށް ފޭރުމުގެ މައްސަލަތައް ހުށަހެޅޭލެއް އިތުރުވެފައިވާ އިރު މިފަދަ މައްސަތައް ބެލުމުގައިވެސް މިހާރަށްވުރެ ހަރުދަނާ އުސޫލެއް ފުލުހުން ގާއިމް ކުރަންޖެހެ އެވެ. ބައެއް މައްސަލަތަކުގައި ފުލުހުން ވީޑިއޯ އާއްމުކޮށް ފޭރުނު މީހާ ދެނެގަނެވުނު ނަމަވެސް އެމީހާ ހޯދާ ހައްޔަރު ކުރެވޭތަން ނާދެ އެވެ. ފުލުހުން މިހާރަށްވުރެ ސީރިއަސް ކޮށް މައްސަލަތައް ބަލާ  ފަރުދުންގެ ހައްގުތައް ހޯދައިދީ ރައްޔިތުންގެ އިތުބާރު ހޯދަދޭން ޖެހެ އެވެ.

މިފަދަ ކުށްވެރިން ދެނެގަނެވި،  އެނގުމަކީ، ރައްޔިތުން މުޖުތަމައުގެ އަމާންކަމާ މެދު ރައްޔިތުންގެ ހިތުގައި އޮންނަންޖެހޭ ޔަގީންކަން އިތުރުވެގެންދާނެ ކަމެކެވެ.  އަދި މިފަދަ ހާދިސާތައް ވީއެންމެ ހަވަހަށް ބަލާ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ކުރަންޖެހޭނެ ކަމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
12 މެއި 2017 | ހުކުރު 07:38
ސަމީރު
މަގޭ ފޯނު ވަގައްނަގައިގެން ވަގުތުން މަށަށް އެގޭ ހުރިހާ މައުލޫމާތެއް ހަމަ އެދުވަހު 12/4/2014 ވަނަ ދުވަހު މައްސަލަ އެންގިން ނިކަން ވިސްނާލަބަލަ މިހާރު ކިހާދުވަހެއް ޕޮލިސްބުނީ އެފޯނައް ސިމްއެއް ލައްވައިފިއްޔާ އެގޭނޭ އަދިވެސް ނުލައްވަނީ ތޯއްޗެ..... ދެން ކިހިނެއް ކަމެއް ރަނގަޅުވާނީ