ކ. މާލެ
|
19 މެއި 2021 | ބުދަ 23:21
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމް
ބުދަ ދުވަހު 1753 މީހުން ވެކްސިނުގެ ދެވަނަ ޑޯޒް ޖަހައިފި
ވެކްސިންގެ ދެޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 149،435
ބުދަ ދުވަހު އިތުރު 475 މީހަކު ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވޭ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދަކީ 304،394

ރާއްޖެއިން އިތުރު 1753 މީހަކު ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ބުދަ ދުވަހު އަތޮޅު ތެރެއިން 1409 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށާއި، މާލެ ސަރަޙައްދުންވެސް 344 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއާއެކު، ރާއްޖެއިން ވެކްސިނުގެ ދެޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 149،435ށް އަރާފައެވެ.

އޭގެ އިތުރުން، ބުދަ ދުވަހު އިތުރު 475 މީހަކު ވެކްސިން ގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިހާތަނަށް ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދަކީ 304،394 އެވެ.

ރާއްޖޭގައި ކޮވިޝީލްޑްގެ އިތުރުން ފައިޒަރ އަދި ސިނޮފަރމް ވެކްސިނަށް ހުއްދަ ދީފައިވާއިރު ދާދި ފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ން ވަނީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައެވެ.


Advertisement
- ކޮމެންޓް