ކ. މާލެ
|
19 މެއި 2021 | ބުދަ 22:04
އައިޖީއެމްއެޗް ހޮސްޕިޓަލް- އޭނާ އައިޖީއެމްއެޗްގެ އީއާރްއަށް ގެނެސްފައި ވަނިކޮށް ނިޔާވެފައިވަނީ ބުދަ ދުވަހުގެ މެންދުރު 12:16 ހާއިރު
އައިޖީއެމްއެޗް ހޮސްޕިޓަލް- އޭނާ އައިޖީއެމްއެޗްގެ އީއާރްއަށް ގެނެސްފައި ވަނިކޮށް ނިޔާވެފައިވަނީ ބުދަ ދުވަހުގެ މެންދުރު 12:16 ހާއިރު
ރާއްޖެއެމްވީ
ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވުން
އިތުރު ދިވެއްސަކު ނިޔާވެ، ކޮވިޑުގައި މަރުވި އަދަދު 112ށް
ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި އަންހެނެއް
އޭނާ ނިޔާވެފައިވަނީ ބުދަ ދުވަހުގެ މެންދުރު 12:16 ހާއިރު
މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 112 ވަނަ މީހާ

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ އައިޖީއެމްއެޗްގެ އީއާރްއަށް ގެނެސްފައި ވަނިކޮށް ނިޔާވެފައިވަނީ ބުދަ ދުވަހުގެ މެންދުރު 12:16 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 112 ވަނަ މީހާއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 7ށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19ށް ފަރުވާހޯދަމުންދިޔަ މީހުންގެ ތެރެއިން 111 މީހުން ނިޔާވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށްވެސް 50ށް ވުރެ ގިނަ މަރު މިވަނީ ރިޕޯޓްކޮށްފައެވެ.

- ކޮމެންޓް