ކ. މާލެ
|
19 މެއި 2021 | ބުދަ 13:13
ދިރާގު "މައިއެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރުމަށް ވަނީ އެދިފައި
ދިރާގު "މައިއެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރުމަށް ވަނީ އެދިފައި
ދިރާގު
ދިރާގުގެ ޑިޖިޓަލް ޚިދުމަތްތައް
ދިރާގުގެ ޑިޖިޓަލް ޚިދުމަތްތައް ޚިޔާރުކުރުމަށް އެދެފި
މޮބައިލް އެޕް މެދުވެރިކޮށް ބިލް ދައްކައި އެޑް-އޮންސް އަދި ބޫސްޓަރސް އެކްޓިވޭޓް ކުރެވޭނެ
ވެބްސައިޓް މެދުވެރިކޮށް "މައިއެކައުންޓް" ޚިދުމަތްތައް ރެޖިސްޓަރ ކުރެވޭނެ
ކަސްޓަމަރ ކެއަރގެ ބޭނުންތަކަށް ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖަރ، ވައިބަރ ނުވަތަ ވަޓްސްއަޕް ބޭނުންކުރެވޭނެ

ދިރާގުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯއްދެވުމަށް ދިރާގުގެ ޑިޖިޓަލް ޚިދުމަތްތައް ޚިޔާރުކުރުމަށް އެދެފިއެވެ.

ދިރާގުން ބުނީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދިރާގުގެ ޚިދުމަތްތައް ހޯދުމަށާއި ބިލްތަކަށް ފައިސާ ދެއްކުމަށް ދިރާގު "މައިއެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރުމަށް އިލްތިމާސްކުރާކަމަށެވެ. އެގޮތުން އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ޚިދުމަތަށް އެޕްލައިކުރުމާއި ފިކްސްޑް ބްރޯޑްބޭންޑް އާއި މޮބައިލް ޕެކޭޖްތަކުގެ ޔޫސޭޖް ތަފުސީލު ބެލުން އަދި ބިލް ދެއްކުން ފަދަ ދިރާގުގެ އެކި ޚިދުމަތްތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރުތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް "މައިއެކައުންޓް" ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ.

އޭގެ އިތުރުން ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބިލް ދައްކައި އެޑް-އޮންސް އަދި ބޫސްޓަރސް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި ޕްރީޕެއިޑް ނަންބަރުތައް ޓޮޕް-އަޕް ކުރުން ފަދަ ގިނަ ކަންތައްތައް އެޕްގެ ޒަރިއްޔާއިން ކުރެވޭނެ ކަމަށް ދިރާގުން ފާހަގަކުރެއެވެ.

ދިރާގުގެ "މައިއެކައުންޓް" ޚިދުމަތަށް މިހާތަނަށް ރެޖިސްޓަރ ކޮށްފައިނުވާ ކަސްޓަމަރުންނަށް ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެ ކަމަށާއި އެހެނިހެން ކަސްޓަމަރ ކެއަރގެ ބޭނުންތަކަށް ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖަރ، ވައިބަރ ނުވަތަ ވަޓްސްއަޕް ބޭނުންކުރުމަށް ވަނީ އެދިފައެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުންދާތީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުން ވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށާއި އެޗް.ޕީ.އޭގެ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުން ވެސް އަމަލު ކުރުމަށް ދިރާގުން ވަނީ އެދިފައެވެ. އަދި ކުންފުނިން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބެން ޖެހުނަސް ޚިދުމަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަތައް ފޯރުކޮށްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ކަމަށް ވަނީ ބުނެފައެވެ.

- ކޮމެންޓް