ކ. މާލެ
|
17 މެއި 2021 | ހޯމަ 16:23
މައިކްރޯސޮފްޓްގެ ބިލް ގޭޓްސް އާއި އަބުރު ގެއްލުނު މަހުޖަނު ޖެފްރީ އެޕްސްޓެއިން
މައިކްރޯސޮފްޓްގެ ބިލް ގޭޓްސް އާއި އަބުރު ގެއްލުނު މަހުޖަނު ޖެފްރީ އެޕްސްޓެއިން
ނިއު ޔޯކް ޓައިމްސް
ބިލް ގޭޓްސްގެ އަނދިރި ފަރާތް
ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
އަފު ވެއްޓިފައިވާ މަހުޖަނު ޖެފްރީ އެޕްސްޓެއިނަކީ ގޭޓްސްގެ ގާތް ބައިވެރިއެއް
ގޭޓްސްގެ ޚަޒާންދާރަކީވެސް ޖިންސީ ފުރައްސާރައިގެ ބޮޑެއް ކަމަށް ބުނެވޭ
އަމިއްލަ މުވައްޒަފުންނަށް ލޯބި ހުށައެޅުމަކީ ބިލް ގޭޓްސްގެ ޒަމާންވީ އާދައެއް

މައިކްރޯސޮފްޓް ކުންފުނީގައި މަސައްކަތް ކުރި އަންހެން ކުއްޖަކަށާއި ބިލް ގޭޓްސްގެ ޚައިރާތު ފައުންޑޭޝަނުގައި މަސައްކަތް ކުރި އަންހެންކުއްޖަކަށް ލޯބި ހުށައަޅައިގެން ބިލް ގޭޓްސް އުޅުނުކަން ނިއުޔޯކް ޓައިމްސް ނޫހުން ފަޅާއަރުވާލައިފިއެވެ.

މައިކްރޯސޮފްޓްގެ މުވައްޒަފަށް ލޯބި ހުށައެޅީ 2006 ވަނަ އަހަރު ކުންފުނީގެ ބައްދަލުވުމެއްގެ ތެރެއިން އެކުއްޖާ ހުށައެޅި ޕްރެޒެންޓޭޝަނެއް ކަމުދިޔަލެއް ބޮޑުކަމުންނެވެ. އެކުއްޖާ އެކަމާ އަލާނުލީމާ އީމޭލްކޮށްފައި ބިލް ގޭޓްސް ބުނި ކަމަށްވަނީ މިކަމަކީ ކަލެއަށް ކަމުދާ އަދި ރުހެވޭ ކަމަކަށް ނުވަނީ ވިއްޔާ މިއީ ދެން ނުބުނާ ވާހަކައަކަށް ހަދައި ހަނދާން ނައްތައިލާށޭއެވެ. ބިލް ގޭޓްސް އެދުނުހެން އެއީ ނުބުނާ ވާހަކައަކަށް ހަދައިގެން މިހުރިހާ ދުވަހު އެކުއްޖާ ހުރީ ހިމޭނުންނެވެ.

މި ހާދިސާ ހިނގިތާ އަހަރުތަކެއް ފަހުން ބިލް ގޭޓްސްގެ ޚައިރާތު ފައުންޑޭޝަނުގެ މަސައްކަތެއްގައި ނިއުޔޯކަށް ދާން ޖެހުނު އެ ފައުންޑޭޝަނުގެ މުވައްޒަފަކަށްވެސް ހަމަ މިބީދައިން ގޭޓްސް ވަނީ ލޯބި ހުށައަޅައިފައެވެ. އެފަހަރު ބުނިކަމަށް ވަނީ ދެމީހުން އެކަހެރިވެލައި ބައްދަލުކޮށްލަމާ ބަހީއެވެ. މަށާއެކީގައި ރޭގަނޑުގެ ކެއުމަކަށް ދާން ކެރިދާނެބާވައެވެ. މި ހުށައެޅުމަށް އެކުއްޖާ ވަކި ޖަވާބެއް ނުދީ ހިނިގަނޑަކުން ނިންމައިލީއެވެ.

ބިލް ގޭޓްސްގެ ކަންކަން މިބީދައިން ހުރިއިރު އޭނާގެ ހުރިހާ ފައިސާތަކާއި މުދާތައް ބެލެހެއްޓުމަށް އުފައްދާފައިވާ ކަސްކޭޑް އިންވެސްޓްމަންޓް ހިންގުން ހަވާލުކޮށްފައި ހުންނަ މައިކަލް ލާސަނަކީވެސް މިޒާތަށް އުޅޭ މީހެއް ކަމަށް ނިއުޔޯކް ޓައިމްސް ނޫހުން ބުނެއެވެ. ދާދިފަހަކުންވެސް ކޮންމެވެސް އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްގެން އެ އަންހެންމީހާ ސަރިޔަތަށް ދާން އުޅުނީމާ ގިނަ އަދަދެއްގެ ފައިސާތަކެއް ދީގެން ލާސަން ވަނީ ބޯދަމައިގެންފައެވެ.

ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމާއި އެޒާތުގެ އެނޫންވެސް ކަންކަމުގެ ކުށަށް އެއްބަސްވެ ހުކުމްވެސް ކުރެވި އަގުވެއްޓިފައި ހުރި އެމެރިކާގެ މަހުޖަނެއް ކަމުގައިވާ ޖެފްރީ އެޕްސްޓެއިނާއި ބިލް ގޭޓްސްގެ ރަހުމްތްތެރިކަމުގެ ތަފްސީލުތައް ވެސް މިހާރު ވަނީ ތިލަވާން ފަށައިފައެވެ. މި ރަހުމްތްތެރިކަން އުފެދުނީ 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން ދޭތެރެއަކުން އެޕްސްޓެއިނުގެ ރިސޯޓުތަކަށް ގޮސް އަޑިނޭނގޭ ކަންކަމުގައި ބިލް ގޭޓްސް ބައިވެރިވި ކަމަށް ބުނެވެއެވެ.

ބިލް ގެޓްސްގެ އަނބިމީހާ މެލިންޑާއަށް މިކަންކަން އެނގިގެން މަނާ ކުރީމާވެސް އެޕްސްޓެއިނާ ގުޅުން ކަނޑާލަން ގޭޓްސް އެއްބަހެއް ނުވިއެވެ. ގޭޓްސްގެ ކައިރިން ވަރިވާން ނިންމައި އެކަމުގައި ވަކީލުންގެ އެހީއަށް މެލިންޑާ 2019 ވަނަ އަހަރު އެދުނީ ޖެފްރީ އެޕްސްޓެއިނާއި ބިލް ގޭޓްސްގެ ރަހުމަތްތެރިކަން ކަނޑައި ނުލުމުންނެވެ. އަދި ކަސްކޭޑް އިންވެސްޓްމަންޓުގެ މައިކަލް ލާސަން ވަޒީފާއިން ވަކިނުކޮށް ބަހައްޓާ ބެހެއްޓުމަކީވެސް ސަބަބެކެވެ.

ބިލް ގޭޓްސް އާއި މެލިންޑާ ކައިވެނި ކުރީ 90އިގެ އަހަރުތަކުގެ ކުރީކޮޅުއެވެ. މެލިންޑާއަކީވެސް އޭރު މައިކްރޯސޮފްޓްގެ މުވައްޒަފެކެވެ. ކައިވެނިކުރި އިރުވެސް ބިލް ގޭޓްސްއަކީ ބިލިއަނަރެކެވެ. އުމުުރުން އެންމެ 31 އަހަރުގައި ބިލިއަނަރަކަށް ވެގެން ބިލް ގޭޓްސް ހިމެނިފައިވަނީ އެންމެ ހަގު އުމުރެއްގައި އެވަރުގެ މުއްސަނދިކަމެއް ހޯދި ފުރަތަމަ މީހާ ކަމުގައެވެ. އޭނާ މައިކްރޯސޮފްޓް އުފެއްދީ 1975 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް
18 މެއި 2021 | އަންގާރަ 19:30
ލޯބި
ލޯބި ހުށައެޅުމަކީ އަދި ފުރައްސާރަ ކޖރުމެއް ނޫން. ނަމަވެސް ބައެއް އަންހެނުންނާ ދިމާލަށް ނަޒަރު ހިންގާލެވޭ ގޮތަކުން އެއީ ރޭޕް ކުރިކަމަށް ވެސް ވޭ.