ކ. މާލެ
|
17 މެއި 2021 | ހޯމަ 06:58
ތޫފާން ޓައުކްޓޭގެ އަސަރު މުމްބާއީ، ގޯއާ، ކަރްނާޓަކާ އަދި ކެރެލާއަށް އަރާފާނެކަމުގެ އިންޒާރު ވަނީ ދީފައި
ތޫފާން ޓައުކްޓޭގެ އަސަރު މުމްބާއީ، ގޯއާ، ކަރްނާޓަކާ އަދި ކެރެލާއަށް އަރާފާނެކަމުގެ އިންޒާރު ވަނީ ދީފައި
އޭ.އެން.އައި
ތޫފާން ޓައުކްޓޭ
ތޫފާން ޓައުކްޓޭގެ އަސަރު 98 އަވަށަކަށްކޮށް، 4 މީހުން މަރުވެއްޖެ
އަސަރުކޮށްފައިވާ 98 އަވަށުގެ ތެރެއިން 31 އަވަށަކީ އުއްތަރު ކަންނާޑާގެ އަވަށްތައް
ހަތަރު މީހުން މަރުވެފައި ވަނީ އުއްތަރު ކަންނާޑާ، އުޑުޕީ، ޗިއްކަމަގަލުރު އަދި ޝިވާމޮއްގާއިން
ތޫފާނުގެ ސަބަބުން އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި

20 އަހަރުގެ ތެރޭގައި އިންޑިއާގެ ހުޅަނގަށް އަރާ އެންމެ ބާރުގަދަ ތޫފާނަށް ވެދާނެ ކަމުގެ އިންޒާރު ދީފައިވާ ތޫފާން ޓައުކްޓޭގެ އަސަރު އެގައުމުގެ ކަރްނަޓަކާގެ 98 އަވަށަކަށް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ތޫފާނުގެ ސަބަބުން އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއްވެ ހަތަރު މީހަކު ވަނީ މަރުވެފައެވެ. ތޫފާނުގެ އަސަރުކޮށްފައިވާ 98 އަވަށުގެ ތެރެއިން 31 އަވަށަކީ އުއްތަރު ކަންނާޑާގެ އަވަށްތަކެކެވެ.

ތޫފާނުގެ ސަބަބުން މަރުވި ހަތަރު މީހުންގެ ތެރެއިން އެކަކަކީ އުއްތަރު ކަންނާޑާގެ މީހެކެވެ. އެއީ މަސްވެރިއެއް ކަމަށާއި އޭނާ މަރުވީ މަސްބޯޓުގައި އިންދާ، އެހެން ބޯޓެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އުޑުޕީގައި މަރުވި މީހާ މަރުވެފައި ވަނީ ކަރަންޓުގައި ޖެހިގެން ކަމަށާއި ތޫފާނުގެ ސަބަބުން ވެއްޓުނު ގެތަތަކުގެ ތެރެއިން ގެއެއްގެ ދަށުވެ ޗިއްކަމަގަލުރު މީހަކު މަރުވެފައިވާއިރު، ޝިވާމޮއްގާއިން މަރުވި މީހާ މަރުވީ ލައިޓްނިންގައި ޖެހިގެން ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާގެ ހުޅަނގުން އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ގަދަވެ، މެއި 15 ވަނަ ދުވަހު އިންޑިއާގެ ގުޖްރާތު ސަރަހައްދަށް މި ކޮޅިގަނޑު އަރާނެކަމަށް ކުރިން މާހިރުން ވަނީ ބުނެފައެވެ. އަދި ކޮޅިގަނޑުގެ ބާރު ގަދަވަމުންދާވަރަކަށް ވައިޖެހޭވަރު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ލަފާކޮށް، މެއި 16ގައި ތޫފާން ޓައުކްޓޭ އުފެދި ތޫފާނުގެ ސަބަބުން ގުޖްރާތު ސަރަހައްދުގައި ގަޑިއަކު 160 ކިލޯމީޓަރު ބާރުމިނަށް ވައިގަދަވާނެކަމަށް އޭރު ވަނީ ލަފާކޮށްފައެވެ.

މި ތޫފާން މި ހަފުތާ ބަންދުގައި އިންޑިއާގެ މުމްބާއީ، ގޯއާ، ކަރްނާޓަކާ އަދި ކެރެލާއަށް އަރާފާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. އައިއެމްޑީއިންވަނީ، މެއި 18 ވަނަ ދުވަހު ތޫފާނުގެ އަސަރު އިންޑިއާގެ އަވައްޓެރި ޕާކިސްތާނަށް ކުރާނެކަމަށްވެސް ލަފާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް