ކ. މާލެ
|
8 މެއި 2017 | ހޯމަ 14:22
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން
ރޮއިޓަރސް
އުތުރު ކޮރެއާ މައްސަލަ
އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި
 
އުތުރު ކޮރެއާ އިން މިހާތަނަށް އެމެރިކާގެ ހަތަރު ރައްޔިތަކު ހައްޔަރުކޮށްފައިވޭ

އުތުރު ކޮރެއާއާ މެދު "ރުޅިވެރިކަމުގެ އަމަލު" ހިންގުމުގެ ތުހުމަތުގައި އެމެރިކާގެ  ހަތަރު ވަނަ މީހާ ހައްޔަރުކޮށްފައިވާ ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.

ކިމް ހަކް ސޯން ނަމަކަށް ކިޔާ އެމެރިކާ މީހާ ހޮނިހިރު ދުވަހު އުތުރު ކޮރެއާ އިން ހައްޔަރުކޮށްފައި ވާއިރު، އުތުރު ކޮރެއާގެ ރަސްމީ  ނޫސް އޭޖެންސީ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނީ ކިމް ހަކް ސޯން "ޕިޔޮންޔަން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ" ގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އުތުރު ކޮރެއާ އިން ބުދަ ދުވަހު ހާމަކޮށްފައި ވަނީ ކިމް ހަކް ސޯން އާއި އެއް ތަނެއްގައި މަސައްކަތް ކުރި އެކައުންޓިން ޕްރޮފިސަރެއް ކަމަށްވާ ކިމް ސަންގް ޑޮކް ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.  އޭނާ މަސައްކަތްކުރީ އުތުރު ކޮރެއާ ސަރުކާރާ މެދު ނަފްރަތު އުފައްދާ ސަރުކާރު ވައްޓާލަން ކަމަށް ވެސް އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައި ވެއެވެ. ކިމް ސަންގް ޑޮކް ހައްްޔަރުކޮށްފައި ވަނީ އޭޕްރީލްގައި ޕިޔޮންޔަންގެ އެއާޕޯޓުންނެވެ. 

ދެކޮރެއާ މައްސަލާގައި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދެކޮރެއާ ސަރަހައްދު ހަލަބޮލިވެފައި ވާއިރު، އުތުރު ކޮރެއާ އިން ހަވަނަ ނިއުކްލިއާ ޓެސްޓެއް ކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ. އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން ވެގެން އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަވަހާރަކޮށްލަން އުޅޭ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ދާދި ފަހުން ވަނީ ބުނެފައެވެ.

ދެކޮރެއާ މައްސަލައާ ބެހޭ ގޮތުން ދާދި ފަހުން އެމެެރިކާ އިން ޗައިނާ އަށް ގޮވާލާފައި ވަނީ އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް ހުއްޓުވުމަށް ޗައިނާ އިން އުތުރު ކޮރެއާ އަށް ބާރު އެޅުމަށެވެ. ޗައިނާއަކީ އުތުރު ކޮރެއާ ގެ އެންމެ ބާރުގަދަ ރަހްމަތްތެރިޔާއެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް