ކ. މާލެ
|
15 އޭޕްރިލް 2021 | ބުރާސްފަތި 11:55
އިންޑިޔާގައި ކޮވިޑް-19ށް ޓެސްޓު ކުރަނީ
އިންޑިޔާގައި ކޮވިޑް-19ށް ޓެސްޓު ކުރަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
ފާއިތުވި 24 ގަޑިއިރު އެކަނިވެސް އިންޑިޔާގައި 200،000ށް ވުރެ ގިނަ ކޮވިޑް ކޭސް
 
އިންޑިޔާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،074،564ށް އަރާފައި
 
ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 173،152ށް އަރާފައި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ކޮވިޑް-19 ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު 200,000 ފަހަނައަޅައި ގޮސްފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 200،739 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު، 1،037 މީހުން މަރުވެގެން ރިޕޯޓު ކޮށްފައިވެއެވެ. މިއާއެކު އިންޑިޔާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،074،564ށް އަރާފައެވެ. އިންޑިޔާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 173،152ށް އަރާފައެވެ.

އިންޑިޔާގެ އެކި ހިސާބުތަކުގައި މި ބަލި ފެތުރިފައިވާއިރު މަހަރާޝްތްރާ، ކެރެލާ، ކަރްނަޓާކާ، އަދި ޓެމިލް ނާޑޫން ފެނިފައިވާ ކޭސްތަކުގެ އަދަދު ދަނީ ކޮންޓްރޯލް ނުކުރެވި އިތުރު ވަމުންނެވެ. އެގޮތުން މަހަރާޝްތްރާގައި 3,578,160 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ކެރެލާއިން 1,172,882 މީހުން، ކަރްނަޓާކާއިން 1,094,912 މީހުންނަށް މި ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ. އެގައުމުގައި މި ބަލި ކޮންޓްރޯލެއްނެތި ފެތުރެމުން ދިޔުމާ ގުޅިގެން އެކި ހިސާބުތަކުގައި އަޅާފައިވާ އެކިއެކި ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.

އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު މިހާތަނަށް މުޅި ދުނިޔެއިން 138،865،558 މީހުންނަށް ކޮވިޑް ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިބަލީގައި މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 2،986،118ށް އަރާފައެވެ.

އިންޑިޔާއަކީ ދުނިޔޭން ދެވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ ކޭސްތައް ފެންނަމުންދާ ގައުމަށް ވާއިރު މި ލިސްޓުގެ އެންމެ ކުރީގައި ވަނީ އެމެރިކާއެވެ.

އެމެރިކާއިން މިހާތަނަށް 32،149،223 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓު ކުރަމުން އަންނަނީ ބްރެޒިލުންނެވެ. މީގެ އިތުރުން ފްރާންސް، ރަޝިޔާ، ޔޫކޭ އަދި ތުރުކީން ފެންނަ ކޮވިޑްގެ ކޭސްތައް ވެސް ދަނީ އިތުރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް