ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ވެނެޒުއޭލާގެ ހަމަނުޖެހުން

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

  • ރައީސް މާޑޫރޯ އާ ދެކޮަޅަށް ބައިނަލްއަގްވާމީ ފާޑުކިޔުންތައް ދަނީ އޮހެމުން

ކ. މާލެ | 3 މެއި 2017 | ބުދަ 13:54 | 1,649

ވެނެޒުއޭލާގައި ދާދިފަހުން ބޭއްވި މުޒާހަރާއެއް ފުލުހުން ކޮންޓްރޯލް ކުރަނީ - އޭއެފްޕީ

ވެނެޒުއޭލާގެ ސީޔާސީ މަޝްރަހުް އިތުރަށް ގޯސްވެ  ރައީސް ނިކޮލަސް މަޑޫރޯ އާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އިތުރަށް ހޫނުވާން ފަށައިފިއެވެ.

އެގޮތުން މުަޒާހަރާ ކުރާ ފަރާތްތަކުން މަގުމަތި ބްލޮކް ކޮށް ބޮޑެތި މުޒާހަރާތައް އަންގާރަ ދުވަހު ފަށާފައިވާއިރު ކަންކަން މިހާ ގޯސްވެފައި މިވަނީ ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން ލިޔަން ޖެހޭ ކަމަށް މަޑޫރޯ ވިދާޅުވުމުންނެވެ.

ހޯމަ ދުވަހު މަޑޫރޯ، ގާނޫނު އަސާސީ އަލުން ލިޔަން ޖެހޭ ކަމަށް ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ބޮޑު މުޒާހަރާތަކެއް ރާވާނެ ކަމަށް ބުނެފައެވެ. އެ ގޮތުން "ވަރަށް ބޮޑު" މުޒާހަރާއެއް ބުދަ ދުވަހު އޮންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ގާނޫނު އަސާސީ އަލުން ލިޔަން ޖެހޭ ކަމަށް ރައީސް މަޑޫރޯ ވިދާޅުވުމުން، ބައިނަލްއަގްވާމީ ފަރާތްތަކުގެ ފާޑުކިޔުން ނުހަނު ބޮޑަށް ވެނެޒުއޭލާ އަށް އަމާޒުވެފައިވާއިރު، އެެމެރިކާ އިން ރައީސް މަޑޫރޯގެ ބަސްފުޅު ކުށްވެރިކޮށްފައިވާއިރު ބްރެޒިލްގެ ފޮރިން މިނިސްޓަރު ވިދާޅުވެފައި ވަނީ "އެއީ ބަގާވާތެއް ކަމަށެވެ."

ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް މަޑޫރޯގެ އަމަލުފުޅުގެ ސަބަބުން ވޯޓަކުން މަޑޫރޯ ބަލިކުރުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށެވެ. އަދި ގައުމުގެ އިގްތިސާދުގެ ހާލަތު ދަށްވެ ކާބޯތަކެތި ލިބުން ދަތިވެފައި ވަނީ އަދި ތަންތަން ބައެއް މީހުން ލޫޓުވަމުން ދަނީ މަޑޫރޯގެ ސަބަބުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. 

މަޝްރަހު ދިރާސާ ކުރާ ބައެއް އެނަލިސްޓުން ވިދާޅުވަމުން ގެންދަވަނީ ރައީސް މަޑޫރޯ މަސައްކަތްކުަރައްވަމުން ގެންދަވަނީ މިއަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ތަފާތު ބަހަނާތައް ދައްކަވާ ލަސްކުރެއްވުމަށް ކަމަށެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.