ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 13:13
ސްކޫލް ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި އިމްތިހާނު ހަދަނީ
ސްކޫލް ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި އިމްތިހާނު ހަދަނީ
މިހާރު
އިމްތިހާނު ދޭގޮތަށް ބަދަލު ގެނައުން
ރާއްޖޭގައި އަމިއްލަ އިމްތިހާނެއް ބާއްވަން ވިސްނަނީ!
 
މި މަސައްކަތް ކުރުމަށް ދަނީ ވިސްނަމުން، ނަމަވެސް މިހާރު ކުރިއަށްދާނީ ކޭމްބްރިޖާއި އެޑެކްސެލްއާއެކު
 
އުއްމީދަކީ ރާއްޖޭގެ އެގްޒަމިނޭޝަން ސިސްޓަމް ލޯކަލް އެގްޒެމިނޭޝަން ސިސްޓަމަކަށް ހެދުން - މިނިސްޓަރ

ބޭރުގެ ބައެއް ގައުމުތަކުގައި އަމަލު ކުރަމުން އަންނަ ގޮތަށް ރާއްޖޭގައި ވެސް އަމިއްލަ އިމްތިހާނެއް ދަރިވަރުންނަށް ދިނުމާމެދު ވިސްނުން ގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރަށް ގެނައި ބަދަލުތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންނާއި ގައުމަކަށް އެންމެ ރަނގަޅުވާނެ ގޮތަކީ އެބައެއްގެ އަމިއްލަ އިމްތިހާނެއް އޮތުން ކަމަށެވެ. އެއިރުން ދަރިވަރުން ކިޔަވާއެއްޗެއްގައި ހިމެނޭ ބައިތަކާ ގުޅުވައިގެން ދަރިވަރުންނަށް ފައިދާތަކެއް ލބިގެންދާނެ ކަމަށެވެ. އަދި އުއްމީދަކީ ރާއްޖޭގެ އެގްޒަމިނޭޝަން ސިސްޓަމް ލޯކަލް އެގްޒެމިނޭޝަން ސިސްޓަމަކަށް ހެދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެގޮތަށް އަދި ކަންކުރަން ނިންމާފައި ނުވާ ކަމަށާއި، ދުރު މުސްތަގުބަލެއްގައި އެކަން ކުރުމުގެ ހިޔާލުތަކެއް އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް މިހާރު އިމްތިހާނުތައް ބާއްވާ ގޮތަށް ކެމްބްރިޖާއި އެޑެކްސެލްއާއެކު ކުރިއަށްދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ހަދަމުން އަންނަނީ އޯލެވެލްގައި ކޭމްބްރިޑްޖް އިމްތިހާނެވެ. އަދި އޭ ލެވެލްގައި ހަދަނީ އެޑެކްސެން އިމްތިހާނެވެ. ނަމަވެސް މި ވިސްނުން ބަދަލުކުރުމުގެ ވާހަކަތަކެއް ދެކެވެމުން އާދެއެވެ.

ގައުމެއްގައި އަމިއްލަ އިމްތިހާނެއް އޮތުމުގެ އެއް ފައިދާއަކަށް ވެގެންދާނީ އެ ގައުމެއްގައި ކިޔަވައިދޭ އެއްޗަކުން ދަރިވަރުން ތައްޔާރު ކުރުމެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނާއި ގައުމަށް އެތައް ގޮތަކުން ފައިދާވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

އަމިއްލަ އިމްތިހާނުދޭ ބައެއް ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ސްރީލަންކާ ހިމެނެއެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އަމިއްލަ އިމްތިހާނު ދޭ އިރު، އިމްތިހާނުތަކުގައި ގައުމުގެ ތާރީހާއި ސަގާފަތާއި އާދަ ކާދަ ހިމެނެއެވެ. ލަންކާގައި ވެސް އޮންނަނީ އަމިއްލަ އިމްތިހާނު ދޭ ސިސްޓަމެކެވެ. އިންޑިއާއެކޭ އެއްފަދައިން ލަންކާގައި ވެސް އަމިއްލަ އިމްތިހާނުތައް ހަދާ އިރު، ތާރީހާއި ސަގާފަތާއި އާދަކާދަތަކަށް ހާއްސަ މާއްދާތަކާއި އިމްތިހާނުތައް މީގެ ތެރޭގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
30%
0%
70%
0%
0%
ކޮމެންޓް
ގުޅުންހުރި
7000ވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
އިމްތިހާނު ބާއްވާ ތާރީޚަށް ބަދަލު ގެންނަންޖެހުނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާ ހެދިކަމަށް މިނިސްޓަރ ވިދާޅުވި ވިދާޅުވުން އެޕާޓީން ކުށްވެރިކޮށްފި
ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތްކުރުމަށް - މިނިސްޓަރު
"ވ.ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާތާ 400އެއްހާ ދުވަހުގެތެރޭގައި އެ މަސައްކަތް ނިމޭނެ"
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާވާތީ ސްކޫލްތަކުގެ ޓެސްޓް އަވަސްކޮށްފި
ރޯދަމަހު ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާނެ ގަޑިތައް ކަނޑައަޅައިފި
ވެރިންނަށް މަރުހަބާ ދަންނަވަން ދަރިވަރުން ނެރެން ފަށައިފި
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކުދިންނަށް ދިވެހިބަހާއި އިސްލާމު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވައިފި