ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
އެފްބީއައި އެޖެންޓް

އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި

  • ޑެނިއަލޭ ކައިވެނިކުރީ ޖަރުމަނުގެ ކުރީގެ ރެޕް ލަވަކިޔުންތެރިޔަކާ
  • ސީރިއާ އަށް ދިޔުމަކީ ހެދުނު ގޯހެއްކަން ކަމަށް ޤަބޫލުކުރި
  • ދެއަހަރުގެ ހުކުމެއް އައުމުން ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒްވި

ކ. މާލެ | 2 މެއި 2017 | އަންގާރަ 16:43 | 3,275

އެފްބީއައިގެ ކުރީގެ އެޖެންޓް ޑެނިއަލާ ގްރީނީ - ސީ.އެން.އެން

ސީރިއާޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިޔަކާއި އެފްބީއައިގެ އަންހެން އޮފިޝަލަކު ކައިވެނިކުރިކަން ފަޅާ އަރައިފިއެވެ.

 

ޑެނިއަލާ ގްރީނީ ނަމަކަށް ކިޔާ އަންހެން އެޖެންޓަކު 2014 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާ އަށް އޮޅުވާލައިގެން ސީރިއާ އަށް ގޮސް އޭނާ ފާރަލަމުން ދިޔަ އައިއެސްގެ ވަރުގަދަ ލީޑަރެއް ކަމަށްވާ ޖަރުމަނު ޑެނިސް ކަސްޕާޓްއާ ކައިވެނިކޮށްފައިވާ ކަމަށް ސީއެންއެން އިން ވަނީ ބުނެފައެވެ.

 

ކުރިން ރެޕް ލަވަކިޔުންތެރިއެއް ކަމަށްވާ ކަސްޕާޓް މަޝްހޫރުވެފައި ވަނި ޑެސޯ ޑޯގްގެ ނަމުގައެވެ. ފަހުން އައިސްއެސް ޖަމާއަތާ ގުޅުމުން ސީރިއާގައި އޭނާ އަށް ދީފައިވާ ނަމަކީ އަބޫ ތޮލްހަލް އަލްމާނީއެވެ. އޭނާއަކީ ދެ ބައްރުގެ ޖާސޫސީ އިދާރާތަކުގެ ރާޑަރަށް އަރާފައިވާ ޓެރަރިސްޓެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ އަނިޔާވެރިވުމަށް ހާއްސަ ޒުވާނުން ރެކްރޫޓްކުރާ މީހެއްގެ ގޮތުގައެވެ. އޭނާ ވަނީ އުސާމާ ބިން ލާދީން އަށް ތައުރީފްކޮށް އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ކަރު ބުރިކޮށްލުމަށް އިޝާރާތްކޮށް ރެޕް ލަވައެއް ވެސް އާންމުކޮށްފައެވެ.

 

ޖަރުމަނުގެ ކުރީގެ ރެޕާ އަދި މިހާރު އައިއެސްގެ ލީޑަރެއް
ޖަރުމަނުގެ ކުރީގެ ރެޕާ އަދި މިހާރު އައިއެސްގެ ލީޑަރެއް

އެފްބީއައިގެ އަގު ވެއްޓިދާނެތީ މިހާތަނާ ޖެހެންދެން ވެސް ސިއްރުކޮށްފައިވާ މި މައުލޫމާތުތަކުގެ ތެރެއިން މިހާރު މީޑިއާ އަށް އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އެފްބީއައިގެ ޓްރާންސްލޭޓަރެއްގެ ގޮތުގައި މަސައްކަތްކުރި ގްރީނީ ސީރިއާ އަށް ގޮސް ކައިވެނިކުރުމަށް ފަހު އެމީހުންނާ އެކު ދިރިއުޅެފައި ވެއެވެ. އަދި އޭނާގެ ފިރިމީހާ އަށް އެމެރިކާ އިން ފާރަލާކަމުގެ މައުލޫމާތު ވެސް ދިން ކަމަށް ވެއެވެ. ނަމަވެސް ހެދުނީ ގޯހެއްކަން އިހްސާސްކުރެވުމުން އުމުރުން 38 އަހަރުގެ ގްރީނީ ވަނީ ފަހުން ސީރިއާ އިން ފިލައިގެން އަލުން އެނބުރި އެމެރިކާ އަށް އެތެރެވެފައެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން އޭނާ އެމެރިކާ އަށް އެނބުރި ދިޔުމުން ވަނީ ހައްޔަރުކޮށްފައެވެ.

 

މިކަމުގައި އެންމެ ހައިރާންކުރުވަނިވި ކަމަކީ އެވަރުގެ ބޮޑު ކަމެއް ވެގެން ދިޔުމުން ވެސް ގްރީނީ އަށް ހާއްސަ ގޮތްތަކެއް އެމެރިކާގެ ޝަރުއީ މަރުހަލާގެ ތެރެއިން ހަމަޖެހިގެން ދިޔުމެވެ. އެ ގޮތުން އެއްބާރުލުން ދިން ކަމަށް ބުނެ އޭނާގެ މައްޗަށް ކޮށްފައި ވަނި ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ހުކުމްގެ މުއްދަތު ހަމަކުރުމަށް ފަހު އޭނާ މިހާރު ވަނީ މިނިވަން ވެސް ވެފައެވެ.

 

މިކަމުގެ މައުލޫމާތު ލީކްވުމާ ގުޅިގެން އެފްބީއައި އިން ބުނެފައި ވަނީ ގްރީނީގެ ހާދިސާ އިން އިބުރަތްތަކެއް ލިބި އެ އިދާރާ ވަރުގަދަކުރުމަށް އިތުރު ފިޔަވަޅުތައް އެޅިގެން ދިޔަ ކަމަށެވެ.

 

ފާޑުކިޔާ ފަރާތްތަކުން ބުނީ އެފްބީއައި އަށް ގައްދާރުވެ އައިސް ޖަމާއަތުގެ ނުފޫޒުގަދަ މީހަކާ އެކު ދިރިއުޅެފައިވާ މީހަކަށް އެންމެ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަކީ ވެސް ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ.

 

ސަބަބެއް ކަމަށް އެ ފަރާތްތަކުން ބުނަނީ އައިސް ޖަމާއަތާ ގުޅެން ދާ މީހުންގެ ތެރެއިން ހައްޔަރުކުރެވޭ މީހުންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާކޮށް އެވްރެޖްކޮށް 13 އަހަރާއި ބައިގެ މުއްދަތަކަށް ޖަލަށް ލާފައިވާ ކަމަށް ރިޕޯޓްތަކުން ދައްކާ ކަމަށެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.