ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
އެމެރިކާގެ އިލްތިމާސް

ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

  • މީ މިފަދަ ދެވަނަ އިންޒާރު
  • ހަމަލާދީފާނެ ތަންތަންވެސް ހާމަކޮށްފައިވޭ
  • ޔޫރަޕްގެ ގައުމުތަކުން އެކަމަށް ސަމާލުވެއްޖެ

ކ. މާލެ | 2 މެއި 2017 | އަންގާރަ 15:01 | 1,737

އެއާރޕޯޓެއްގެ ތެރޭގައި ބަޔަކު ހަރަކާތްތެރިވަނީ، އެމެރިކާ އިން ބުނާގޮތުގައި އެއާރޕޯޓަކީ ޙަމަލާއެއް އަތުވެދާނެ އެއްތަން - ގޫގުލް

ހައްދުފަހަނަ އަޅާފައިޥާ ޖަމާއަތްތަކުން ހުޅަނގުގެ ޤައުމުތަކަށް ޓެރަރިސްޓް ހަމަލާތަކެއްދީފާނެ ކަމުގެ ނުރައްކާ އޮތުމުން ހުޅަނގުގެ ގައުމުތަކަށް ދަތުރުކުރާ އެމެރިކާގެ ރައްޔިތުން ސަމާލުވެ ތިބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިންޒާރުކޮށްފިއެވެ.

 

ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުން އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ސަމާލުވާން އިންޒާރުކޮށްފައިވަނީ ހޯމަ ދުވަހު ނެރުނު އިލްތިމާސީ ބަޔާނެއްގައެވެ.

 

ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ހުޅަނގުގެ ބޮޑެތި ގައުމުތައް ކަމަށްވާ ރަޝިޔާ އިނގިރޭސިވިލާތް، ފްރާންސް އަދި ސްވިޑަންއަށް ދިން ހަމަލާތަކަށް އިޝާރާތްކޮށްފައިވެއެވެ.

 

މީ މިފަދަ ބަޔާނެއް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ ހޫނު މޫސުމުގައިވެސް ވަނީ މިފަދަ ބަޔާނެއް ނެރިފައެވެ.

 

 ސްޓޭޓް ޑިޕާޓްމަންޓުން ނެރޭ މިފަދަ ކޮންމެ ބަޔާނެއް އަމާޒްކުރަނީ ހައްދު ފަހަނަ އަޅާފައިވާ ހަނގުރާމަ މަތީ ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓަށެވެ.

 

ޓްރެވެލް އެލާޓް ނެރުނީ ވަކިހާއްސަ ނުރައްކަލަކާ ގުޅިގެން ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވެފައިވާއިރު، ބަޔާނުގައި ބުނެފައިވަނީ ހުޅަނގުގެ ކޮންމެ ޤައުމަކަށްވެސް ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ގާބިލުކަން އައިއެސް އާ އަލްގައިދާއަށް ލިބިގެންވާ ކަމަށެވެ.

 

ސަރުކާރުގެ އިމާރާތްތައް، އެއާރޕޯޓްތައް ޝޮޕިންގ މޯލްތައް، ހިމެނެއެވެ ސްޓޭޓް ޑިޕާޓްމަންޓްގެ ބަޔާނުގައި ޓެރަރިސްޓުންގެ ހަމަލާތައް އަމާޒްވެދާނެ ކަމަށް ބުނެފައިވާ ތަންތަނުގެ ތެރޭގައި 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.