ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
އެމެރިކާ-އަފްޣާނިސްތާން

އެމެރިކާ ސިފައިން، އަފްޣާން ސިފައިން ޓްރެއިން ކުރުމަށް އަފްޣާނިސްތާނަށް

  • އެމެރިކާ ސިފައިން އަފްޣާނިސްތާން ދޫކޮށް 2014 ގައި ދިޔަ

ކ. މާލެ | 1 މެއި 2017 | ހޯމަ 16:32 | 1,390

އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވަނީ - ގޫގުލް

އެމެރިކާ އަސްކަރިއްޔާގެ މެރިން ކޯޕްސް އިން އަފްގާނިސްތާނުގެ ހެލްމަންޑް ޕްރޮވިންސް އަށް، އެ ޕްރޮވިންސް ގައި ތިބި އަފްޣާނިސްތާން ސިފައިން ޓްރެއިން ކުރުމަށް ހިނގައްޖެއެވެ.

އަފްޣާނިސްތާންގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ހެލްމަންޑް ޕްރޮވިންސަަށް އަފްޣާން ސިފައިން ޓްރެއިން ކުރުމަށް އެމެރިކާ ސިފައިން ދިޔައިރު އެމެރިކާ ސިފައިން ވަނީ މީގެ ކުރީގައި ހެލްމަންޑް ޕްރޮވިންސްގައި ގާއިމުވެ ތިބެ، ތާލިބާން އިންނާ ވަރަށް ވަރުގަދައަށް ހަނގުރާމަކޮށްފައެވެ.

ހެލްމަންޑަށް 300 މެރިން ސިފައިން އައިސްފައިވާއިރު އެ ސިފައިން އައިސްފައި ވަނީ ނޭޓޯ އިން ލީޑް ކުރާ ޓްރެއިނިން މިޝަންއެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ހެލްމަންޑަށް އައިސްފައިވާ ސިފައިން ނަކީ މީގެ ކުރިން ތާލިބާން އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެކި މިޝަންތަކުގައި އައިސްފައިވާ ސިފައިންނެވެ.

އެމެރިކާ ސިފައިންނާއި އަދިވެސް އެހެނިހެން ބާރުގަދަ، ގުޅިފައިވާ ސިފައިން ހިމެނޭ ފައުޖުތަކުން އަފްގާނިސްތާނުގައި ތާލިބާންއާ ދެކޮޅަށް ކުރި ހަނގުރާމައިގައި މިހާތަނަށް ގާންގަނޑަކަށް 1،000 ސިފައިން މަރުވެފައި ވެއެވެ.

އެމެރިކާގެ މެރިން ސިފައިން 2014 ވަނަ އަަހަރު ހެލްމަންޑް ޕްރޮވިންސް ދޫކޮށް، އަފްޣާނިސްތާން ސިފައިންނާއި ހަވާލުކޮށްފައި ދިޔައިރު ފަހުން އަންނާކަށް ރާވާފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާ މެރިން ސިފައިން އެނބުރި އަފްޣާނިސްތާނަށް އައުމަކީ އަފްޣާން ސިފައިން އެކަނި ތާލިބާން ސިފައިންނާ ދެކޮޅަށް ހަނގުރާމަ ނުކުރެވޭނެ ކަން އަންގައިދޭ ކަމެކެވެ.

އިސްލާމިކް ސްޓޭޓޭ (އައިއެސް) އަދި އަލް-ގައިދާ އާ ދެކޮަޅަށް ހަނގުރާމަ ކުރުމަށް އަފްޣާނިސްތާނުގައި މިހާރު ވެސް، އެމެރިކާގެ 8400 ސިފައިން ގާއިމުވެ ތިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.