ކ. މާލެ
|
1 މެއި 2017 | ހޯމަ 02:21
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ (ކ) ސްރީލަންކާގެ ރައީސް ސިރިސޭނާއާ ސަލާމް ކުރައްވަނީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ (ކ) ސްރީލަންކާގެ ރައީސް ސިރިސޭނާއާ ސަލާމް ކުރައްވަނީ
ގޫގުލް
ބޮޑުވަޒީރު މޯދީ
މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ
 
ދަތުރުފުޅު ކުރައްވާނީ މެއި މަހުގެ 12 އިން 14 ށް

އަންނަ ހަފްތާގައި އިންޑިއާގެ ބޮޑުވަޒީރު ސްރީލަންކާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާ ތަކުން ހާމަ ކޮށްފިއެވެ.

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާ ހަވާލާދީ ހާމަކޮށްފައިވާ ޚަބަރުތައް ބުނާ ގޮތުން، ބޮޑުވަޒީރު މޯދީ ސްރީލަންކާއަށް ވަޑައިގަންނަވަނީ، ޔޫއެން ވެސާކް ޑޭ ގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މެއި މަހުގެ 12 އިން 14 ށް ސްރީލަންކާއަށް ބޮޑުވަޒީރު ކުރައްވާ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަ ޖެހިފައި ނުވާ ކަމަށާއި، އަދި އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރައްވާ ގޮތައް ހަމަ ޖެހިފައިނުވާ ކަމަށް ރައީސް ސިރިސޭނާ ވިދާޅުވި ކަމަށް އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.

މޯދީގެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ކަންތައްތަކެއް ބޭއްވުމަށް ހަމަޖެހިފައި ނެތްކަން ރައީސް ސިރިސޭނާ ހާމަ ކުރެއްވީ، ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ސަރަހައްދެއް އިންޑިއާ އަށް އެއްބަސްވުމެއްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަ ތަކަށް ރައްދު ދެއްވާ އެކަން ދޮގު ކުރެއްވުމުގެ ގޮތުންނެވެ.

ޓްރިންކޮމިލީގެ ބަނދަރު ސަރަހައްދުގައި ގާއިމް ކޮށްފައިވާ ތެޔޮ ރައްކާ ކުރާ ވަސީލަތްތައް އިންޑިއާ އާއި ސްރީލަންކާ ގުޅިގެން މެނޭޖް ކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމުގެ ވާހަކަތައް ފެތުރިގެން ދިއުމާއެކު، ލަންކާގެ އެތައް ބަޔަކުވަނީ އެކަމާ ހިތްހަމަ ނުޖެހޭކަން ފާޅު ކޮށްފައެވެ.

ހުސްވި ހަފްތާގައި، ލަންކާ ސަރުކާރުގެ ޕެޓްރޯލިއަމް ކުންފުނީގެ މުވައްޒަފުންވަނީ މި ޚަބަރު ފެތުރުމާ ގުޅިގެން ނުރުހުން ފާޅު ކުރުމުގެ ގޮތުން އިހްތިޖާޖު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް