ކ. މާލެ
|
9 ޖެނުއަރީ 2021 | ހޮނިހިރު 12:07
ރިޗަރޑް ބަރނަންޓް ހައުސް ސްޕިކަރގެ އޮފީހުގެ މޭޒު މައްޗަށް ފައި އަރުވައިގެން ނަގާފައިވާ ފޮޓޯ
ރިޗަރޑް ބަރނަންޓް ހައުސް ސްޕިކަރގެ އޮފީހުގެ މޭޒު މައްޗަށް ފައި އަރުވައިގެން ނަގާފައިވާ ފޮޓޯ
ގެޓީ އިމޭޖަސް
ރިޗަރޑް ބަރނަންޓް ހައްޔަރުކުރުން
އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
 
60 އަހަރު ރިޗަރޑް ބަރނަންޓް މިދެދައުވާއަށް ވެސް އިންކާރު ކުރޭ
 
ކެޕިޓޮލްގެ ތެރެއިން ވައްކަން ކުރުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވޭ
 
ވަންނަން ނުޖެހޭ މަނާ ސަރަހައްދަކަށްވަދެ އިން ކަމުގެ ދައުވާ އުފުލާފައިވޭ

އެމެރިކާގެ ކެޕިޓޮލްގެ ތެރެއަށް ގަދަކަމުން ވަދެގަނެ ހައުސް ސްޕިކަރ ނަންސި ޕެލޯސީގެ އޮފީހަށް ވެދެ މޭޒުކޮޅަށް ފައި އަރުވައިގެން އިން ރިޗަރޑް ބަރނަންޓް ހައްޔަރުކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރިޗަރޑް ބަރނަންޓް ހައްޔަރުކޮށްފައިވަނީ ގްރެވެޓެ އަކަންސް އަވަށުން އޭނާ ދިރިއުޅެމުންދިޔަ ގެއިން ހުކުރު ދުވަހުގެ ހެނދުނު ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ ނަންސި ޕެލޯސީގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅު މައްޗަށް ފައި އަރުވައިގެން ނަގާފައިވާ ފޮޓޯއާ ގުޅިގެން ރިޗަރޑް ބަރނަންޓްގެ މައްޗަށް ވަނީ ދެދައުވާއެއް އުފުލާފައެވެ. އެއީ ވަންނަން ނުޖެހޭ މަނާ ސަރަހައްދަކަށްވަދެ އިން ކަމުގެ ދައުވާއާއި ވައްކަން ކުރުމުގެ ދައުވާއެވެ.

ނަމަވެސް 60 އަހަރު ރިޗަރޑް ބަރނަންޓް ވަނީ މިދެދައުވާއަށް ވެސް އިންކާރުކޮށްފައެވެ. އޭނާ ބުނީ ނަންސި ޕެލޯސީގެ އޮފީހުގެ ތެރެއަށް ނުވަންނަ ކަމަށާއި، އޭނާގެ ފަހަތުގައި ތިބި ބަޔަކު ކޮށްޕާ ގައިގައި ޖެހިގަތީ ކަމަށެވެ. އަދި ހައުސް ސްޕިކަރގެ އޮފީހުގެ ތެރެއަށްވަދެ މަސައްކަތް ކުރީ އެތަނުގައި ނޯޓެއް ހަރު ކުރުމަށް ކަމަށެވެ.

ހައުސް ސްޕިކަރގެ އޮފީހުގައި ނަގާފައިވާ ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް އާއްމުވެގެން ގޮސްފައެވެ. އޭނާގެ އެއަމަލު ގިނަ ބަޔަކު ކުށްވެރި ކުރަމުންދާއިރު، ބައެއް މީހުން ގެންދަނީ ރިޗަރޑް ބަރނަންޓްގެ ދައްކުވައިދިނީ ރައްޔިތުންގެ ބާރު ކަމަށް ބުނެ ތައުރީފް ވެސް ކުރަމުންނެވެ.

އެމެރިކާގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ކުރިޔަށްދިޔަ އެގައުމުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށްބުނެ އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެތަށް ހާސް ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ވޮޝިންގްޓަނުގައި ކުރިއަށް ގެންދިޔަ މުޒަހަރާގައި ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ކެޕިޓޮލްގެ ތެރެއަށް ސަޕޯޓަރުން ވަދެގަނެފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. މި ހިންގި ހަމަނުޖެހުންތަކުގައި 4 މީހަކު މަރުވެފައިވާއިރު، ގިނަ ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި ފުލުހަކު ވެސް މި ހަމަނުޖެހުމުގައި ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
42%
8%
0%
8%
25%
17%
ކޮމެންޓް
9 ޖެނުއަރީ 2021 | ހޮނިހިރު 15:03
ރަޝިދު
މިދުވަސް ދާދި ކައިރިން ރާއްޖެއިން ފެނުމަކީ ދުރުކަމެއްނޫން..