ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 15:07
ޗައިނާގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން
ޗައިނާގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން
އޭއެފްޕީ
ކޮވިޑް-19: ޗައިނާގެ ހާލަތު
ޖުލައި މަހުގެ ފަހުން ޗައިނާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް މައްޗަށް
 
ސްކޫލުތައް ބަންދުކޮށް ދަތުރުފަތުރުކުރުމުގެ ވިޔުގަ ވަނީ މެދުކަނޑާލާފައި
 
ބުރާސްފަތި ދުވަހު ޗައިނާގެ 63 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައި

މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުން ޗައިނާގައި ކޮވިޑް-19 ޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ އަދަދު މައްޗަށް ދާން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ޗައިނާގެ 63 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. މިއީ މިހާރު ޗައިނާގެ ބެއިޖިންއިން ފެންނަމުންދާ ކޭސްތަކެކެވެ. ބެއިޖިންގެ ހޭބެއި ޕްރޮވިންސުން ކޭސްތައް ފެންނަ މިންވަރު އިތުރުވުމާއެކު ސްކޫލުތައް ބަންދުކޮށް ދަތުރުފަތުރުކުރުމުގެ ވިޔުގަ ވަނީ މެދުކަނޑާލާފައެވެ. އަދި އެތައް ހާސް ބަޔަކު ޓެސްޓުކުރުމަށް ވަނީ ފަށާފައެވެ.

ބުރާސްފަތި ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރެއިން 51 މީހުންނަކީ މި ސަރަހައްދުން ފެނުނު މީހުން ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ. މީގެއިތުރުން އަލާމާތްތައް ނުފެނި 69 މީހަކު ޕޮޒިޓިވްވެގެން ވަނީ ރިޕޯޓުކޮށްފައެވެ.

ސްޓޭޓް ރަން ގްލޯބަލްއިން ރިޕޯޓުކުރާ ގޮތުގައި ހޭބެއިން ބެއިޖިންއަށް ރޭލުން ދިޔުމަށް މިހާރު ޓިކެޓް ދޫކުރަމުންނުދާ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ޝިޖިއަޒުއަންއަށް ދިޔުމަށް ހުރި ހުރިހާ މައި ހައިވޭތަކެއް ވަނީ ބަންދުކޮށްފައެވެ. އަދި އެ ސިޓީގެ ތެރޭގައި ދަތުރުކުރުމަށް ބޭނުންކުރާ ބަސް ދަތުރުތައްވެސް ވަނީ މެދުކަނޑާލާފައެވެ.

ޝިޖިއަޒުއަންގެ އެއް ޑިސްޓްރިކްޓް ވަނީ ހައި ރިސްކް ކަމަށް ކަނޑާއަޅާފައެވެ. 11 މިލިޔަން މީހުން ދިރިއުޅެމުން އަންނަ އެ ތަނުގެ އެތައް ހާސް ބަޔަކު މިހާރުވެސް ވަނީ ވައިރަހަށް ޓެސްޓުކޮށްފައެވެ. ބުރާސްފަތި ދުވަހު ޗައިނާއަށް އެތެރެވި މީހުންގެ ތެރެއިން 11 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ޗައިނާގެ ވުހާން އަކީ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ތަނެވެ. ޗައިނާގައި ވަނީ ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް